ހއ އަތޮޅުން 4 ރަށް ހދ އަތޮޅުން 3 ރަށް ފަތުރުވެރިކަމަށް ދޫކުރަން ނިންމައިފި އެވެ.

މިރޭ ޓޫރިޒަމް މިނިސްޓްރީއިން ބޭއްވި "ބުރެބި" ހަފްލާގައި މިރަށްތައް އިޢުލާން ކުރެއްވީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެވެ.

Ad
rt

އެގޮތުން މިރޭ ހއ އަތޮޅުން ވަން އައިލެނޑް އަން ރިސޯޓް ކޮންސެޕްޓްގެ އަލަށް ނެރޭ ރަށްތަކުގެ އިޢުލާން ކުރެއްވި ރަށްތަކުގެ ތެރޭގައި

ހއ މާފިނޮޅު (14 ހެކްޓަރު) - 425 އެނދު - ހޯރަފުށި އެއަރޕޯޓުން 2 މިނެޓް
ހއ ދައްޕަރު (60 ހެކްޓަރު) ހަނިމާދޫ އެއަރޕޯޓުން 13 މިނެޓް (ޗަސްބިން ހިމާޔަތް ކުރާގޮތައް)
ހއ މެދުފުށި (10.9 ހެކްޓަރު) - 317 އެނދު - ހޯރަފުށި އެއަރޕޯޓުން 6 މިނެޓް
ހއ އަލިދުއްފަރު ފިނޮޅު (3 ހެކްޓަރު)

ހދ އަތޮޅުން ވަން އައިލެނޑް އަން ރިސޯޓް ކޮންސެޕްޓްގެ އަލަށް ނެރޭ ރަށްތަކުގެ ގޮތުގައި އިޢުލާން ކުރެއްވި ރަށްތަކުގެ ތެރޭގައި

ހދ ހޮނޑައިދޫ (10.9 ހެކްޓަރު) 50 އެނދު - މިވަގުތު އޮތީ އެހެން މިނިސްޓްރީއެއްގެ ދަށުގައި ހަނިމާދޫ އިން 10 މިނެޓް
ހދ. ކުޑަފަރު ފަސްގަނޑު (ހެކްޓަރު) ހަނިމާދޫ އިން 30 މިނެޓް
ހދ ވައިކަރަ މުރައިދޫ (15 ހެކްޓަރު ޓޫރިޒަމް ޒޯންގޮތުގައި ކަނޑައެޅުން) 436 އެނދު - ދަނޑުވެރިކަން މިހާރުވެސް ކުރަމުންދާރަށެއް

ށ. ނ. ރ އަތޮޅުން އަލަށް ދޫކުރަން ނިންމި ރަށްތައް

ށ ނަލަންދޫ
ށ ކުޑަޅައިމެންދޫ
ށ ފުށިފަރު
ނ ކުންނަމަލައި
ރ އަލިފުށި ފަޅުން ބިން ހިއްކައިގެން ރަށެއް ތަރައްޤީކުރުން

"ވަން އައިލެންޑް ވަން ރިސޯޓު" ކޮންސެޕްޓަށް މުޅި ރާއްޖެއިން 29 ރަށް ތަރައްގީކުރަން ނިންމާފައި ވާއިރު، މި ސަރުކާރުގެ ދައުރު ފުރިހަމަ ވާއިރު 13،720 އެނދާއެކު 18،672 ވަޒީފާ އުފެދިގެން ދާނެ ކަމަށް މިނިސްޓަރު އަލީވަހީދުގެ ވާހަކައިގައި ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް އަލަށް ދޫކުރާ ބިންތައް:

ހއ ކެލާއިން
ހއ އުލިގަމުން
ހދ ނޮޅިވަރަންފަރުން
ލ ގަމުން
ގދ ވާދޫއިން
ފުވައްމުލަކު ސިޓީން
އައްޑޫސިޓީން

މިރޭ އިއުލާންކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. އަތޮޅުގެ ހަތަރު ރަށަކާއި، ހދ. ގެ ތިން ރަށަކާއި ށ. އަތޮޅުގެ ތިން ރަށަކާއި ނ. އަދި ރ. އަތޮޅުން އެއް ރަށް، މ. އަތޮޅުން ދެ ރަށާއި، ފ. ދެ ރަށާއި ތ. އަތޮޅުން ހަތަރު ރަށާއި ލ. އަތޮޅުން ތިން ރަށާއި، ގއ. އަދި ގދ. އިން ކޮންމެ އަތޮޅަކުން ދެ ރަށް އަދި ސ. އަތޮޅު ހަންކެޑެ އެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ވާހަކައިގައި ފާހަގަ ކުރެއްވީ ހދ އަތޮޅުގެ ރަށްތައް ހޯދަން ވަރަށް ބުރަ މަސައްކަތް ކުރަންޖެހުނު ކަމަށާއި ވަރަށް ބޮޑު ޗެލެންޖެއް ދިމާވިކަމަށެވެ. އަދި ހދ ގައި ސައިޒުން ބޮޑެތި ރަށްތައް އެބަހުރިކަމަށާއި ފުޓް ސެކިއުރިޓީއަށާއި އެހެން ސިނާޔަތްތަކަށް ދޫކުރުމަށް އެސެސްމެނޓްހަދައި ބަޔެއް ރަށްރަށް އުނިކޮށްފައިވާކަމަށެއެވެ. އަދި ޓޫރިޒަމަށް އަލަށް ދޫކުރާ ރަށްތައް ކަނޑައަޅާފައިވާނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ބެލުމަށްފަހުގައި ކަމަށާއި، ކަމާގުޅޭ ފަރާތްތަކުގެ ލަފައާއި މަޝްވަރާވެސް ހޯދުމަށްފަހު ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ރާއްޖެއަށް 1.6 މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތް ކޮށްފައިވާ ކަމަށާއި، އައު ސަރުކާރަށް 1 އަހަރުވީއިރު ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ.