ހއ އަތޮޅުގެ 4 ރަށެއް ޓޫރިޒަމްގެ މަސައްކަތަށް ހުޅުވާލުމާ ގުޅިގެން ދިއްދޫ ކައުންސިލުން ޝުކުރު އަދާކޮށްފިއެވެ.

ދިއްދޫ ކައުން ސިލުން ޝުކުރު އަދާކޮށް މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދުގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސިނާޢަތް ކަމުގައިވާ ޓޫރިޒަމްގެ ސިނާޢަތް އަތޮޅުތެރޭގައި ފުޅާކުރުމަށް ދިވެހި ސަރުކާރުން 29 ރަށެއް މުޅިން އަލަށް ބީލަމަށް ހުޅުވާލުމަށް ނިންމަވާފައިވާއިރު، މިދެންނެވި 29 ރަށުގެ ތެރޭގައި ހއ. އަތޮޅުގެ 4 ރަށެއް ހިމެނިފައިވާތީ ނުހަނު އުފަލާއެކު އެ ކައުންސިލުން އެކަން ފާހަގަ ކުރާކަމަށެވެ.

Ad
rt

ތިލަދުންމަތީ އުތުރުބުރީގެ 4 ރަށެއް ޓޫރިޒަމަށް ތަރައްޤީ ކުރުމުން މި އަތޮޅުގެ ރައްޔިތުންނަށް ނުހަނު ބޮޑެތި ފައިދާތަކެއް ކުރިމަގުގައި ކުރާނެ ކަމަށެވެ. އެގޮތުން ވަޒީފާގެ ފުރުޞަތުތައް އުފަން ރަށާއި ވީހާވެސް ކައިރިން ލިބުމުގެ ފުރުޞަތު ބޮޑުވެގެން ދިއުމާއި، ރަށާ ކައިރީގައި އޮޕަރޭޓްކުރާ ރިސޯޓްތަކުގެ ފަރާތުން ރަށުގެ އިޖްތިމާޢީ އެކިއެކި ކަންކަމަށް ލިބިގެންދާނެ އެހީތެރިކަން ފާހަގަ ކުރަމެވެ. އަދި ރަށުގެ އެކިއެކި ވިޔަފާރިތައް ކުރިއެރުވުމަށް ފުރުޞަތު ލިބިގެން ދިއުމާއި، އަންހެން ކަބަލުންނަށް ގޭގައި ތިބެގެން ޓޫރިޒަމް ސިނާޢަތަށް ބޭނުންވާނެ ތަކެތި ތައްޔާރުކޮށް ވިއްކުމުގެ ފުރުޞަތުވެސް ހުޅުވިގެން ދާނެކަން ފާހަގަކުރަން

ދިއްދޫ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

މި އަތޮޅުގެ ރައްޔިތުން އެދިއެދި ތިބި މިފަދަ މުހިއްމު ކަމެއް ފައްޓަވައިދެއްވީތީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އޮނަރަބްލް އިބްރާހީމް މުޙައްމަދު ޞާލިޙްއަށާއި، މިނިސްޓަރ އޮފް ޓޫރިޒަމް އޮނަރަބްލް ޢަލީ ވަޙީދުއަށާއި ސަރުކާރުގެ އިސްވެރިންނަށް، ދިއްދޫ ކައުންސިލްގެ ނަމުގައި ނުހަނު ޢިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައިވެއެވެ. އަދި މިފަދަ މަސައްކަތެއް ކާމިޔާބު ކުރެއްވުމަށް ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް އެމަނިކުފާނަށްވެސް ޝުކުރު ދަންނަވާފައިވެއެވެ.