ނޮޅިވަރަމްގައި ޖަމާއަތަށް ފަތިސް ނަމާދަށްދާ ކުޑަކުދިންނަށް ފަސާގެ އިނާމެއް

ހދ. ނޮޅިވަރަމްގައި ޖަމާއަތުގައި ފަތިސްނަމާދުކުރާ ކުޑަކުދިންނަށް ފައިސާގެ އިނާމެއް ދޭން، އެރަށުގެ ޖަމްއިއްޔާއަކުން ނިންމައިފި އެވެ.

Ad
rt

އެގޮތަށް ފައިސާ ދޭން ނިންމާފައި ވަނީ ނޮޅިވަރަމްގެ ޖަމިއްޔާއެއްކަމަށްވާ ޖަމިއްޔަތުއް ރިސާލާއިންނެެވެ. އެ ހަރަކާތުގައި ބައިވެރިވާކަން އެންގުމަށް ނަން ނޯޓް ކުރަން ޖެހެއެވެ. މިހަރަކާތުގައި ބައިވެެރިވެ އިނާމު ލިބޭނީ ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް އެކަންޏެވެ. އެޖަމްއިއްޔާއިން ވަނީ މިހަރަކާތުގައި ބައިވެރިވެވޭ އުމުރުފުރާ އަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ އުމުރުފުރާ ކަމަށް ކަނޑައަޅާފައެވެ.

މިހަރަކާތުގެ ދަށުން މެދުކެނޑުމެއްނެތި 40 ރޭ ޖަމާއަތުގައި ފަތިސް ނަމާދުކުރާ ކުދިންނަށް 1000ރ. ފައިސާގެ އިނާމު ދޭންވަނީ ހުށަހަޅާފައެވެ. ކުދިންނަށް ފައިސާގެ އިނާމް ދޭނީ ފުރަތަމަ ތަކްބީރާއެކު ޖަމާއަތުގައި ބައިވެރިވޭތޯ ކަށަވަރު ކުރުމަށް ފަހުއެވެ.

ކުޑަކުދިން ނަމާދަށް ދިއުމަށް ބާރު އެޅުމުގެ ގޮތުން ޖަމިއްޔަތުއް ރިސާލާއިން ފެށިމި ހަރަކާތުގައި، ފައިސާ ހޭދަކުރަނީ ހެޔޮ އެދޭ ފަރާތްތަކުން ދޭ އެހީންނެވެ.