Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,680 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ފުޅާދާއިރާއެއްގައި ޑްރަގް ވިޔަފާރި އާއި ޖުވާގެ ކުށް ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި
Raajje

ފުޅާދާއިރާއެއްގައި ޑްރަގް ވިޔަފާރި އާއި ޖުވާގެ ކުށް ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރިކުރުމާއި ޖުވާކުޅުން ފަދަ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާކަމުގެ ތުހުމަތުގައި ގިނަ އަދަދެއްގެ ބިދޭސީންތަކެއް ފުލުހުން ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. 2026 އޭޕްރީލް 16 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ކުރިއަށް ގެންދިޔަ ހަރ...

ށ.ފޭދޫގައި ކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް
Thiladhunmathi News

ށ.ފޭދޫގައި ކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް

ށ. ފޭދޫގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާދީ، ކަރާމާތަށް އުނިކަން އަންނަ ފަދަ އަމަލުތަކެއް ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ބުނީ، އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ މި ރަށުގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް 17 އޭޕްރީލް 2026 ވީ ބުރާސްފަތި ދުވަހުގެ މެންދުރު 13:10 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. ފުލުހުން މައުލޫމާތު […]

ވޯޓުން ރައްޔިތުން ދިން މެސެޖަކީ ސަރުކާރަށް ތާއީދު އޮތްކަން: ޝުޖާޢު
Raajje

ވޯޓުން ރައްޔިތުން ދިން މެސެޖަކީ ސަރުކާރަށް ތާއީދު އޮތްކަން: ޝުޖާޢު

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް ލިބުނު ކާމިޔާބީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ރައްޔިތުންގެ އިތުބާރާއި ތާއީދު އޮތްކަމުގެ ސާފު ހެއްކެއް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި ޝުޖާޢުގެ ދާއިރާގައި ހިމެނޭ މުރައިދޫގެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމަށް ރޭ މާލޭގެ ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކ...

މުރައިދޫގައި ދެން ''މުއްބާރު'' ވެރިކަމެއް ނުކުރެވޭނެ، އައު ކައުންސިލުން މަސައްކަތްކުރާނީ ހަމަހަމަކަމާއެކު: އަމްޖަދު
Thiladhunmathi News

މުރައިދޫގައި ދެން ''މުއްބާރު'' ވެރިކަމެއް ނުކުރެވޭނެ، އައު ކައުންސިލުން މަސައްކަތްކުރާނީ ހަމަހަމަކަމާއެކު: އަމްޖަދު

ހއ. މުރައިދޫގެ ކައުންސިލަށް އަލަށް އިންތިޚާބުވި ޕީއެންސީގެ ކައުންސިލުން މަސައްކަތް ކުރާނީ ވަކި ކުލަޔަކަށް، ވަކި މީހަކަށް ނުވަތަ މުއްސަނޖަކަށް ފަގީރަކަށް ބެލުމެއްނެތި އެންމެނަށް ހަމަހަމަކަމާއެކު ކަމަށް އެ ރަށު ކައުންސިލްގެ އިންތިޚާބީ ރައީސް އަމްޖަދު މުހައްމަދު ވިދާޅުވެއްޖެއެވެ. އަމްޖަދު މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި މުރައިދޫގެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމަށް ރޭ މާލޭގެ ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަވ...

581 ގޮނޑިއާއެކު އިންތިޚާބު ކާމިޔާބުކުރީ ޕީއެންސީން: މަހްލޫފް
Raajje

581 ގޮނޑިއާއެކު އިންތިޚާބު ކާމިޔާބުކުރީ ޕީއެންސީން: މަހްލޫފް

މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ކާމިޔާބު ކުރީ ވެރިކަންކުރާ ޕީއެންސީންކަމަށް ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. މިދިޔަ އެމްޑިޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަންވެސް ކުރެއްވި މަޙްލޫފް މިފަދައިން ވިދާޅުވީ ރޭ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މަހްލޫފް ކުރެއްވި ޕޯސްޓުގައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރައްވ...

ހަނގުރާމަ އާއި ގުޅިގެން ރައީސް އުފެއްދެވި ކޮމެޓީއަށް ބަދަލުގެންނަވައިފި
Raajje

ހަނގުރާމަ އާއި ގުޅިގެން ރައީސް އުފެއްދެވި ކޮމެޓީއަށް ބަދަލުގެންނަވައިފި

މެދުއިރުމަތީގައި ހިނގަމުން އައި ހަނގުރާމަ އާއި ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުތަކެއް ގެންނަވައިފިއެވެ. މި ކޮމެޓީއަކީ 2026 ފެބުރުވަރީ 28 ވަނަ ދުވަހު އުފެއްދެވި ކޮމެޓީއެކެވެ. މި ކޮމެޓީއަށް ބަދަލުގެންނަވާފައިވަނީ، ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާ ގުޅިގެން، 2026 އެޕްރީލް 15 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިންނެވެ. މި ބަދަލާއެކު ކޮމިޓީގެ އެކުލެވުމަށް ވަނީ މުހިންމު ބަދަލުތަކެއް އައިސްފައެވެ. މި ބަދަލާއެކު ކޮމިޓީގައި މިހާރު...

ޑެންގީ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު އިތުރުވެއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި
Raajje

ޑެންގީ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު އިތުރުވެއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު މިދުވަސްވަރު އިތުރުވަމުންދާތީ، ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން ހާމަކުރި ގޮތުގައި، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކަމަށްވާ ޑެންގީ އާއި ޗިކުންގުންޔާ ކުރިއަށް އޮތް މަސްތަކުގައި، ޚާއްޞަކޮށް އޭޕްރީލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. އ...

ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި ސަރަހައްދުތަކާބެހޭ ކަންކަމާއި މައްސަލަތައް ބެލުމަށް އޮފީހެއް ގާއިމުކޮށްފި
Raajje

ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި ސަރަހައްދުތަކާބެހޭ ކަންކަމާއި މައްސަލަތައް ބެލުމަށް އޮފީހެއް ގާއިމުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި، “ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް” ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. މި އޮފީހަކީ ދިވެހިރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި، އެ ސަރަހައްދުތަކާބެހޭ އެންމެހައި ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށްޓަކައި ގާއިމުކުރެއްވި އިދާރާއެކެވެ. މިފަދަ އޮފީހެއް ގާއިމުކުރައްވަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވީ މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީ...

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް ހާއްސަ އޮފީހެއް އުފައްދަވައިފި
Raajje

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް ހާއްސަ އޮފީހެއް އުފައްދަވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދޭނެ ޚާއްޞަ އިދާރާއެއް ކަމަށްވާ “ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ” މިއަދު އުފައްދަވައިފިއެވެ. މި އޮފީހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގަމުންދާނެ ތަނެކެވެ. މި ބިއުރޯގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމާއި، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވޭނެ ނިޒާމެއް ހަރުދަނާ ކުރުމެވެ. މިފަދަ ބިއުރޯއެއް ގާއިމު ކުރައްވަން ނިންމެވިކަން ރައީސް މުޢިއްޒު އިޢުލާން ކު...

މުރައިދޫ ޕީއެންސީ ޓީމު ހޯދި ކާމިޔާބީ ފާހަގަކުރަން ހާއްސަ ހަފްލާއެއް މިރޭ މާލޭގައި
Thiladhunmathi News

މުރައިދޫ ޕީއެންސީ ޓީމު ހޯދި ކާމިޔާބީ ފާހަގަކުރަން ހާއްސަ ހަފްލާއެއް މިރޭ މާލޭގައި

ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި ހއ. މުރައިދޫ ގެ ކޮންގްރެސް ޕާޓީގެކެންޑިޑޭޓުން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމަށް މިރޭ މާލޭގައި ހާއްސަ ހަފުލާއެއް ބާއްވަން ނިންމައިފިއެވެ. ޕީއެންސީން ކުރި ޕޯސްޓެއްގައި ބުނީ ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި ހއ. މުރައިދޫ ގެ ކޮންގްރެސް ޕާޓީގެކެންޑިޑޭޓުން ހޯދާފައިވާ ތާރީޚީ ކާމިޔާބީ ފާހަގަ ކުރުމަށް، ހއ. މުރައިދޫ ކޮންގްރެސްޕާޓީގެ މެންބަރުން އިންތިޒާމު ކޮށްގެން ބާއްވާ ވަރަށް ޚާއްޞަ ޙަފްލާއެއް މިރޭ މާލޭގެ އެ ޕާޓީގެ މައި ޖަގަހައިގައި އޮންނާނެ […]

އިސްރާއީލަށް އެތައް ހާސް ކުޅަނދުރު ފެތުރި ކުއްލި ނުރައްކަލުގެ އެލާޓް ނެރެފި
International

އިސްރާއީލަށް އެތައް ހާސް ކުޅަނދުރު ފެތުރި ކުއްލި ނުރައްކަލުގެ އެލާޓް ނެރެފި

އިސްރާއީލުގެ ބައެއް ސަރަހައްދުތަކަށް ކުއްލިއަކަށް އެތައް ހާސް ކުޅަނދުރު ފެތުރިގަތުމާ ގުޅިގެން، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ކުއްލި ނުރައްކަލުގެ އިންޒާރު ނެރެފިއެވެ. މި ހާދިސާއާ ގުޅިގެން ރައްޔިތުންނާއި ފިހާރަތަކުގެ ވެރިން ގޭގޭގެ ދޮރުތަކާއި ކުޑަދޮރުތައް ބާރަށް ލައްޕައިގެން ތިބުމަށް ވަނީ އަންގާފައެވެ. މިދިޔަ ބުދަ ދުވަސް ކަމަށްވާ 15 އެޕްރީލް 2026 ގައި ހިނގި މި ހާދިސާއަކީ އިސްރާއީލުގެ ތާރީޚުގައި ވެސް ފެނުނު އެންމެ ބޮޑު އެއް ކުޅަނދުރު އައިން އެ ގައުމަށް އެރި ފަހަރެވެ. […]

14 އަތޮޅަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށްފި
Raajje

14 އަތޮޅަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށްފި

ހއ. އަތޮޅުން ފެށިގެން ދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށްލަފާކޮށް އެ ސަރަހައްދުތަކަށް މޫސުމީ ސަމާލުގެ ހުދު ސަމާލު މިއަދު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދު ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް މި ސަމާލު ނެރެފައި ވަނީ ހެނދުނު […]

އައު ބަދަލާއި ގުޅިގެން ބައެއް ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ އައު ނަންތައް ހަމަޖައްސަވައިފި
News

އައު ބަދަލާއި ގުޅިގެން ބައެއް ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ އައު ނަންތައް ހަމަޖައްސަވައިފި

ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނަވާފައިވާ ބަދަލުތަކާ ގުޅިގެން، ބައެއް ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ރަސްމީ ނަންތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ހަމަޖައްސަވައިފިއެވެ. މި ނަންތައް ހަމަޖެއްސެވީ 2026 އެޕްރީލު 14 އަދި 15 ވަނަ ދުވަހު ސަރުކާރުގެ އޮނިގަނޑަށް ގެންނެވި ބަދަލުތަކާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ޝާއިޢުކުރެއްވި މިކަމާއި ގުޅޭ ދެންނެވުމުގައިވާ ގޮތުން، ޖުމްލަ 12 ވުޒާރާއެއްގެ ނަން ދިވެހިބަހުން ބޭނުންކުރާނެ ގޮތް ވަނީ ކަނޑައަޅުއްވާފައެވެ. މީގެ ތެރޭގައި އަލަށް...

މުޅީން އަލަށް ވުޒާރާއެއް އުފައްދަވައި، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް
Raajje

މުޅީން އަލަށް ވުޒާރާއެއް އުފައްދަވައި، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް

ސަރުކާރުގެ ހިންގުން ހަރުދަނާކުރެއްވުމުގެ މަގުސަދުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އިއްޔެ ގެންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ނަންބަރު 7/2026 ދެންނެވުމާ އެކު، މި ބަދަލުތަކަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ. މި ގެންނެވި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މުޅީން އަލަށް “މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ”ގެ ނަމުގައި ވުޒާރާއެއް އުފެއްދެވުމެވެ. މީގެ އިތުރުން، ކުރި...

ކައިވެންޏަށްފަހު ކުރި ޗުއްޓީ ދަތުރުގައި ބޮޑު ހިތާމައެއް، މިޔަރެއް ހަމަލާދިނުމުން ޒަހަމްވެ، ފައި ބުރިކޮށްލަން ޖެހިއްޖެ
Raajje

ކައިވެންޏަށްފަހު ކުރި ޗުއްޓީ ދަތުރުގައި ބޮޑު ހިތާމައެއް، މިޔަރެއް ހަމަލާދިނުމުން ޒަހަމްވެ، ފައި ބުރިކޮށްލަން ޖެހިއްޖެ

ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ސްޕެއިންގެ ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީ، ލިބުނު ބޮޑެތި ޒަޚަމްތަކުގެ ސަބަބުން އޭނާގެ އެއް ފައި ބުރިކޮށްލަން ޖެހިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ 2026 އޭޕްރީލް 11 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ. މި ބިރުވެރި ހާދިސާގައި އަނިޔާވެފައިވަނީ ސްޕެއިންގެ އަލިކާންޓޭއަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއަކަށެވެ. ބޭރުގެ ބައެއް...