ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި ހއ. މުރައިދޫ ގެ ކޮންގްރެސް ޕާޓީގެކެންޑިޑޭޓުން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމަށް މިރޭ މާލޭގައި ހާއްސަ ހަފުލާއެއް ބާއްވަން ނިންމައިފިއެވެ.
ޕީއެންސީން ކުރި ޕޯސްޓެއްގައި ބުނީ ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި ހއ. މުރައިދޫ ގެ ކޮންގްރެސް ޕާޓީގެކެންޑިޑޭޓުން ހޯދާފައިވާ ތާރީޚީ ކާމިޔާބީ ފާހަގަ ކުރުމަށް، ހއ. މުރައިދޫ ކޮންގްރެސްޕާޓީގެ މެންބަރުން އިންތިޒާމު ކޮށްގެން ބާއްވާ ވަރަށް ޚާއްޞަ ޙަފްލާއެއް މިރޭ މާލޭގެ އެ ޕާޓީގެ މައި ޖަގަހައިގައި އޮންނާނެ ކަމަށެވެ.
އެހެންވެ އެ ޕާޓީގެ ންބަރުންނާއި ޕާޓީއަށް ތާއީދު ކުރައްވާ އެންމެހާ ފަރާތްތަކަށް ޕީއެންސީން ވަނީ މި ހަފުލާ އަށް ދަޢުވަތު ދީފައެވެ.
މި ހަފުލާ އޮންނާނީ އާޓިފިޝަލް ބީޗުކުރިމަތީ ހުންނަ ޕީއެންސީގެ ޖަހަގަހައިގައި މިރޭ 20:45 ގައެވެ.
އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގެ އިންތިޚާބުގައި ހއ. މުރައިދޫގެ ކައުންސިލްގެ މެޖޯރިޓީ ވެރިކަންކުރާ ޕީއެންސީން ވަނީ ކަށަވަރުކޮށްފައެވެ.
ކައުންސިލްތަކުގެ ހަޔާތުގައި މިއީ މުރައިދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ޕީއެންސީގެ ފިކުރަށް ލިބުނު ފުރަތަމަ ފަހަރެވެ.
މުރައިދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީގެ އަމްޖަދު މުހައްމަދު ކާމިޔާބުކޮށްފައިވާއިރު، މުރައިދޫ ކައުންސިލް މެމްބަރުގެ ގޮނޑި ޕީއެންސީގެ މުހައްމަދު ރާޒީ އަދި މުރައިދޫ ކައުންސިލްގެ އަންހެނުނަށް ޚާއްޞަ ގޮނޑި ޕީއެންސީގެ ފަރުހަތު ސަމީރު ވަނީ ކާމިޔާބުކޮށްފައެވެ.
މުރައިދޫ ޑަބްލިޔުޑީސީގެ ރައީސާގެ ގޮނޑި ވެސް ޕީއެންސީން ކާމިޔާބުކުރިއިރު، ޑަބްލިޔުޑީސީގެ އަނެއް ދެ ގޮނޑި ތެރެއިން ޕީއެންސީން ވަނީ އެއް ގޮނޑި ކާމިޔާބުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!