Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,680 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އޮސްޓްރޭލިއާ އިން ހަދިޔާކުރި ޕެޓްރޯލް ބޯޓު ރާއްޖެއާ ހަވާލުކޮށްފި
Raajje

އޮސްޓްރޭލިއާ އިން ހަދިޔާކުރި ޕެޓްރޯލް ބޯޓު ރާއްޖެއާ ހަވާލުކޮށްފި

އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި “ގާޑިއަން ކްލާސް” ގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރާ އުޅަނދު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި އުޅަނދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ އެޗްއެމްއޭއެސް ސްޓާލިން ނޭވަލް ބޭސްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއާ އެޑްމިރަލް ބްރެޓް ސޮންޓާ އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަ...

މަސްވެރިންނަށް ހާއްސަ އަގުގައި 958 ދޯންޏަކަށް 1.1 މިލިޔަނަށްވުރެ ގިނަ ލީޓަރުގެ ތެޔޮ
Raajje

މަސްވެރިންނަށް ހާއްސަ އަގުގައި 958 ދޯންޏަކަށް 1.1 މިލިޔަނަށްވުރެ ގިނަ ލީޓަރުގެ ތެޔޮ

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއެކުވެސް، ދިވެހި މަސްވެރިންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުން ހާއްސަ އަގުތަކެއްގައި ތެޔޮ ފޯރުކޮށްދެމުންދާ ކަމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިފަދައިން ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް ކުރާނެ އަސަރުތައް ދެނެގަނެ އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަން ރައީސް ޑރ. މުހައ...

ޕީއެންސީ އަށް 584 ގޮނޑި، އެމްޑީޕީ އަށް 563 ގޮނޑި
Raajje

ޕީއެންސީ އަށް 584 ގޮނޑި، އެމްޑީޕީ އަށް 563 ގޮނޑި

މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ތަކުގެ އިންތިޚާބުގައި ގޮނޑިތައް ބެހިގެން ދިޔަ ގޮތުގެ ތަފްސީލީ މައުލޫމާތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފިއެވެ. އީސީން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ވެރިކަން ކުރާ ޕީއެންސީންނެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، އިންތިޚާބުވި ޖުމްލަ 1،351 މެންބަރުންގެ ތެރެއިން 584 މެންބަރުންނަ...

ރާއްޖޭގެ އެންމެ އުތުރުގައިވާ ރަށްކަން ރަމްޒުކޮށްދޭގޮތަށް ތުރާކުނުގައި ޗާލު މޮނިއުމަންޓެއް
Raajje

ރާއްޖޭގެ އެންމެ އުތުރުގައިވާ ރަށްކަން ރަމްޒުކޮށްދޭގޮތަށް ތުރާކުނުގައި ޗާލު މޮނިއުމަންޓެއް

ދިވެހިރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ރަށް ކަމަށްވާ ހއ. ތުރާކުނުގައި، އެ ރަށުގެ ޚާއްޞަކަން ރަމްޒުކޮށްދޭ ފަރުމާއަކަށް ތައްޔާރުކޮށްފައިވާ ޗާލު މޮނިއުމަންޓެއް ހުޅުވައިފިއެވެ. މި ބިނާއަކީ ތުރާކުނަކީ ރާއްޖޭގެ އެންމެ އުތުރުގެ ރަށްކަން އަންގައިދިނުމުގެ އިތުރުން، އެ ރަށުގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ބިނާއެކެވެ. ތުރާކުނު ކައުންސިލުން ބުނެފައިވާ ގޮތުގައި، މި މޮނިއުމަންޓް ފަރުމާކޮށްފައިވަނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް ބިނާކޮށްގެންނެވެ. އޭގެ ތެރޭގައި ހިމެނޭ ސަމުގާ އިން ރ...

ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 16 އަހަރަށް ޖަލަށް
Raajje

ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 16 އަހަރަށް ޖަލަށް

11 އަހަރުގެ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 16 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށްފިއެވެ. މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމް ކޮށްފައިވަނީ މާލެ، މ. މުނިޔާގެ، މުޙައްމަދު އަނިލް (47އ) ގެ މައްޗަށެވެ. މުޙައްމަދު އަނިލްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު […]

ނަލަހިޔާ އެޕާޓްމަންޓަކުން ވައްކަންކުރި މައްސަލާގައި ފަސްވަނަ މީހަކު ހައްޔަރުކޮށްފި
Raajje

ނަލަހިޔާ އެޕާޓްމަންޓަކުން ވައްކަންކުރި މައްސަލާގައި ފަސްވަނަ މީހަކު ހައްޔަރުކޮށްފި

މާލޭ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި މައްސަލައާ ގުޅިގެން 2026 އޭޕްރީލް 16 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަޒީލު މުޙައްމަދު (47އ) އެވެ. މިއީ މި ވައްކަމުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ފަސްވަނަ މީހާއެވެ. މި މައްސަލައާ ގުޅިގެން ޖަޒީލު މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރ...

''ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސިޔާސީ ފިކުރަކަށް ނުބަލާނެ، ހަމަހަމަކަން ގާއިމުކުރާނެ''
Raajje

''ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސިޔާސީ ފިކުރަކަށް ނުބަލާނެ، ހަމަހަމަކަން ގާއިމުކުރާނެ''

ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ބަލާނީ ސިޔާސީ ފިކުރަށް ނޫން ކަމަށާއި، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު އަދުލުވެރިކަން ގާއިމުކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރޭ ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވީ އޭޕްރިލް 4 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް އއ. ރަސްދޫ، އުކުޅަސް އަދި ތޮއްޑޫއިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރަ...

ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީގެ ޓީމުތަކަށް އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވިފައެއްނެތް: ރައީސް
Raajje

ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީގެ ޓީމުތަކަށް އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވިފައެއްނެތް: ރައީސް

މިދިޔަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ނެގި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި، ޕީއެންސީގެ ކެމްޕޭން ޓީމުތަކަށް އެކަމުގެ މަޢުލޫމާތު ރައްޔިތުންނަށް އެންމެ ރަނގަޅަށް ސާފުކޮށްދެވިފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ލޯކަލް ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބުގައި ޕީއެންސީއަށް އއ. ރަސްދޫ، އުކުޅަސް އަދި ތޮއްޑޫއިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމ...

އއ.އަތޮޅުގެ ރަށްތަކުން ޕީއެންސީ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރައީސް ރަސްދުއަށް
Raajje

އއ.އަތޮޅުގެ ރަށްތަކުން ޕީއެންސީ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރައީސް ރަސްދުއަށް

ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު މިއަދު ހަވީރު އއ. ރަސްދުއަށް ޒިޔާރަތް ކުރައްވައިފިއެވެ. އޭޕްރިލް 4ގެ އިންތިޚާބުގައި އއ.އަތޮޅުގެ ރަށްތަކުން ޕީއެންސީ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރައީސް ރަސްދުއަށް މި ދަތުރުފުޅަކީ ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އެ ދާއިރާއިން ޕީއެންސީގެ ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީ ފ...

ޕީއެންސީގެ އެސްޖީ މުއާޒް އިސްތިއުފާދެއްވައިފި
Raajje

ޕީއެންސީގެ އެސްޖީ މުއާޒް އިސްތިއުފާދެއްވައިފި

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުން މުއާޒް ހަލީމް މިއަދު އިސްތިއުފާދެއްވައިފިއެވެ. މުއާޒް މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީއެންސީގެ ހިންގުން ހަރުދަނާކުރައްވައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ހާސިލްކުރެވޭ ޕާޓީއަކަށް ހެއްދެވުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅުތަކަށް އެއްބާރުލުން ދިނުމަށް ބޭނުންވާ ކަމަށެވެ. ޕ...

ނޭކުރެންދޫ ޑަބްލިޔުޑީސީ ގޮނޑި ޕީއެންސީގެ ރިއުޒާ ކާމިޔާބުކޮށްފި
Thiladhunmathi News

ނޭކުރެންދޫ ޑަބްލިޔުޑީސީ ގޮނޑި ޕީއެންސީގެ ރިއުޒާ ކާމިޔާބުކޮށްފި

އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ، މިއަދު ބޭއްވި ދެވަނަ ބުރުގެ ވޯޓުލުގައި ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓު ފާޠިމަތު ރިއުޒާ ކާމިޔާބުކޮށްފިއެވެ. ނޭކުރެންދޫ ޑަބްލިޔުޑީސީގެ މި ގޮނޑިއަށް ކެންޑިޑޭޓެއް ހޮވުމަށް އިންތިޚާބުބޭއްވީ ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ ކެންޑިޑޭޓު ފާޠިމަތު ރިއުޒާ...

މާލޭ ޓެކްސީ ލައިންގެ ޚިދުމަތަށް އަގު ނަގަން ފަށައި، ވެބް އެޕް މެދުވެރިކޮށް ބުކިން ހެދޭ ގޮތް ހަމަޖައްސައިފި
Business

މާލޭ ޓެކްސީ ލައިންގެ ޚިދުމަތަށް އަގު ނަގަން ފަށައި، ވެބް އެޕް މެދުވެރިކޮށް ބުކިން ހެދޭ ގޮތް ހަމަޖައްސައިފި

މާލޭ ޓެކްސީ ލައިންގެ ޚިދުމަތްތަކަށް މިއަދުން ފެށިގެން ފީ ނަގަން ފަށައި، ވެބް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ބުކިން ހެދޭނެ އިންތިޒާމު އެމްޓީސީސީން ހަމަޖައްސައިފިއެވެ. މި ޚިދުމަތަކީ މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫއެކެވެ. އެމްޓީސީސީން ބުނިގޮތުގައި، މިއަދުން ފެށިގެން ކަސްޓަމަރުންނަށް ޚާއްޞަ ވެބް ޕޯޓަލް mtl.mtcc.mv މެދުވެރިކޮށް ނުވަތަ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ޓެކްސީ ބުކް ކުރެވޭނެއެވެ. ވެބްސައިޓުން ބުކް ކުރާ ފަރާތ...

ފަޅުރަކަށް ދަތުރު ދިޔަ ބަޔަކު އެރަށުން ފެނުނު ކިނބުލެއް ހިފައިފި
Raajje

ފަޅުރަކަށް ދަތުރު ދިޔަ ބަޔަކު އެރަށުން ފެނުނު ކިނބުލެއް ހިފައިފި

ޅ. އަތޮޅު ފަަޅުރަށަކަށް ދަތުރުދިޔަ ބަޔަކު އެރަށުން ފެނުނު ކިނބުލެއް ހިފައިފިއެވެ. މި ކިނބޫ ފެނިފައި ވަނީ ޅ. އަތޮޅުގައި އޮންނަ ފަޅުރަށެއްކަމަށްވާ ދިއްދޫ އިންނެވެ. ކިނބޫ ފެނުމުން އެމީހުން ވަނީ ކިނބޫ ހިފައި ޅ.ނައިފަރަށް ގެންގޮސްފައެވެ. ފަސް ފޫޓް ހުރި އެ ކިނބޫ ހިފުމަށް މިހާރު ވަނީ އެމްއެންޑީއެފާއި ހަވާލުކޮށްފައެވެ. މިކަމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ، ޅ.އަތޮޅުގެ ފަޅުރަށުން ފެނުނު ކިނބުލެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށެވެ. މި ކިނބޫ ފެނިފައިވަނީ، […]

''މި ހާލަތުގައިވެސް ސަރުކާރުން ޔަޤީންކުރާ އެއްކަމަކީ މަސްވެރިން މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުން''
Raajje

''މި ހާލަތުގައިވެސް ސަރުކާރުން ޔަޤީންކުރާ އެއްކަމަކީ މަސްވެރިން މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުން''

މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ޔަޤީންކުރާ އެއްކަމަކީ ދިވެހިމަސްވެރިން މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުންކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ “ތެޔޮ ނުލިބި މަސްދޯނިތައް ހުއްޓިއްޖެ” މި ސުރުޚީގެ ދަށުން ނޫހަކުން ފަތުރާފައިވާ ޚަބަރެއް ދޮގުކުރައްވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ޝިޔާމް ވިދާޅުވީ އެއީ ރަނގަޅު ޚަބަރެއް ނޫން ކަމަށާއި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހ...

އައު ބަދަލާއެކު ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާވެ، މަޝްރޫޢުތަކުގެ ދުވެލި އިތުރަށް ހަލުވިވާނެ: މުންދު
Raajje

އައު ބަދަލާއެކު ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާވެ، މަޝްރޫޢުތަކުގެ ދުވެލި އިތުރަށް ހަލުވިވާނެ: މުންދު

ސަރުކާރުގެ ކެބިނެޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނެވި ބަދަލުތަކާއެކު، ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާވެ، ތަރައްޤީގެ މަޝްރޫޢުތަކުގެ ދުވެލި ހަލުވިވެގެންދާނެ ކަމަށް ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ސަރުކާރުގެ 10 ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކެބިނެޓަށް ގެންނެވި ބަދަލަކީ ނިމިދިޔަ އިންތިޚާ...