ސަރުކާރުގެ ހިންގުން ހަރުދަނާކުރެއްވުމުގެ މަގުސަދުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އިއްޔެ ގެންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ނަންބަރު 7/2026 ދެންނެވުމާ އެކު، މި ބަދަލުތަކަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.
މި ގެންނެވި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މުޅީން އަލަށް "މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ"ގެ ނަމުގައި ވުޒާރާއެއް އުފެއްދެވުމެވެ. މީގެ އިތުރުން، ކުރިން ހުރި ބައެއް ވުޒާރާތައް އުވައިލައްވައި، ގިނަ ވުޒާރާތަކެއްގެ ނަމާއި މަސްއޫލިއްޔަތުތަކަށް ވަނީ ބަދަލު ގެންނަވާފައެވެ.
އުވައިލެވުނު ވުޒާރާތައް
މި ބަދަލާއެކު އުވައިލެވުނު ވުޒާރާތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް، އަދި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިމެނެއެވެ.
ނަން ބަދަލުކުރެވުނު ވުޒާރާތައް
ސަރުކާރުގެ 11 ވުޒާރާއެއްގެ ނަމަށް ވަނީ ބަދަލު ގެންނަވާފައެވެ. އޭގެ ތެރޭގައި:
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
އިދާރާތަކުގެ ބެލެނިވެރިކަމަށް ގެންނެވި ބަދަލުތައް
ވުޒާރާތަކުގެ އޮނިގަނޑަށް ގެނައި ބަދަލާއެކު، ބައެއް މުހިންމު އިދާރާތަކުގެ ބެލެނިވެރިކަން ވެސް ވަނީ ބަދަލުކުރައްވާފައެވެ. އެގޮތުން "ނޭޝަނަލް ކެރިއަރސް ސަރވިސް" ހޯމް މިނިސްޓްރީގެ ދަށަށް، އަދި "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ" އާއި "ޕޮލިޓެކްނިކް" ފަދަ ތަންތަން އެޑިޔުކޭޝަން މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކުރައްވާފައެވެ.
މީގެ އިތުރުން، އިޖުތިމާއީ ރައްކާތެރިކަމާ ގުޅޭ އެންސްޕާ (އެންސްޕާ) އާއި ފިޔަވަތި ފަދަ މަރުކަޒުތައް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވިއިރު، ތިމާވެއްޓާއި ހަކަތައާ ގުޅޭ ރެގިއުލޭޓަރީ އޮތޯރިޓީތަކާއި މީޓިއޮރޮލޮޖިކަލް ސަރވިސް ވަނީ އަލަށް އުފެއްދެވި ކްލައިމެޓް ޗޭންޖް މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައެވެ.
މި ބަދަލުތަކަކީ ސަރުކާރުގެ ވައުދުތައް ފުއްދުމުގައްޔާއި، ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ވީހާވެސް ފަސޭހަ އަދި ހަލުވި ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލުތަކެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!