Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,680 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމަށް މުންދު
Raajje

ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމަށް މުންދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް، މިނިސްޓަރުންގެ ފެންވަރުގައި، މ. ކޮތަންމާގެ، މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ. މުޙައްމަދު ޙުސައިން ޝަރީފަކީ ސަރުކާރުގެ މަތީ މަޤާމުތަކާއި ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނު ވަނީ މީގެ ކުރިން ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި، ބޭރުގެ އެކިއެކި ޤައުމުތަކަށް ދިވެހިރާ...

ޑިފެންސް މިނިސްޓަރުގެ މަގާމަށް ޙަސަން
Raajje

ޑިފެންސް މިނިސްޓަރުގެ މަގާމަށް ޙަސަން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް، ޙަސަން ރަޝީދު މިއަދު ޢައްޔަންކުރައްވައިފިއެވެ. ހައުސިން މިނިސްޓްރީގެ ސްޓޭޓް ވަޒީރަކަށް ހުންނެވި ހަސަން ޑިފެންސް މިނިސްޓަރުކަމަށް ޢައްޔަނުކުރަށްވައި މަޤާމުގެ ފަތްކޮޅު އެރުވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިރޭ އިރާކޮޅުގެ ވަގުތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ޙަސަން ރަޝީދަށް ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުަޙަ...

17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ބަލަނީ
Raajje

17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ބަލަނީ

އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ބަލިވެ އިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 13 އޭޕްރީލް 2026 ގައެވެ. މިކަން ފަޅާއަރާފައިވަނީ އެ ކުއްޖާ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން، ކުއްޖާ ބަލިވެ އިންކަން އެނގުމާ ގުޅިގެންނެވެ. ފުލުހުން ބުނިގޮތުގައި މިކަން ހިނގާފައި ވަނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައެވެ. އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ.

މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ކުޅުދުއްފުށީގައި ހާއްސަ މަސައްކަތްތަކެއް
Thiladhunmathi News

މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ކުޅުދުއްފުށީގައި ހާއްސަ މަސައްކަތްތަކެއް

ކުޅުދުއްފުށީ ސިޓީގައި މަދިރި ގިނަވެ، ޑެންގީ ހުން ފަދަ ބަލިތައް ފެތުރެމުންދާތީ އެކަން ކޮންޓްރޯލް ކުރުމަށާއި ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން، ބަލިތަކުން ރައްކާތެރިވުމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ބާއްވާ ހާއްސަ ސެޝަނެއް ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 16 އޭޕްރިލް 2026 ވާ ދުވަހުގެ ރޭ 20:30 އިން 22:00 އަށް، އެން.އޯ.ސީ ލަގޮނޑި މާލިމީ މާލަމުގައެވެ....

ކުށްތަކުން ދަރިވަރުން ރައްކާތެރިކުރުމަށް ނެއްލައިދޫގެ ބެލެނިވެރިންނަށް މައުލޫމާތު ދީފި
Thiladhunmathi News

ކުށްތަކުން ދަރިވަރުން ރައްކާތެރިކުރުމަށް ނެއްލައިދޫގެ ބެލެނިވެރިންނަށް މައުލޫމާތު ދީފި

ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް ކުށްތަކުން ބެލެނިވެރިންނާއި ސްކޫލު ދަރިވަރުން ރައްކާތެރިކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ނެއްލައިދޫ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި މަހުގެ 14 ވަނަ ދުވަހު ނެއްލައިދޫ ސްކޫލުގައި ބޭއްވި މި ސެޝަނަކީ ނެއްލައިދޫ ޕޮލިސް ޕޯސްޓާއި އެ ސްކޫލު ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ސެޝަނުގައި ބެލެނިވެރިންނަށް މައުލޫމާތު ދީފައިވަނީ ނެއްލައިދޫ ޕޮލިސް ޕޯސްޓުގައި މަސައްކަތްކުރާ ފުލުހުންނެ...

ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދޭނީ ވޯޓު ދިންގޮތައް ބަލައިގެންނެއްނޫން: މުއްތަލިބް
Parliament

ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދޭނީ ވޯޓު ދިންގޮތައް ބަލައިގެންނެއްނޫން: މުއްތަލިބް

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާއި މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި، އިންތިޚާބުތަކުގައި ރައްޔިތުން ވޯޓު ދިން ގޮތަކަށް ނުބަލާނެ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގައި އިދިކޮޅު ކައުންސިލަރުން އިންތިޚާބުވި ރަށްރަށުގެ މަޝްރޫއ...

ސިނާން ހިތަދޫ އުތުރު ބައި-އިލެކްޝަންގައި ވާދަކުރެއްވުމަށް ޕީއެންސީ ޓިކެޓަށް ވާދަކުރައްވަނީ
Parliament

ސިނާން ހިތަދޫ އުތުރު ބައި-އިލެކްޝަންގައި ވާދަކުރެއްވުމަށް ޕީއެންސީ ޓިކެޓަށް ވާދަކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރުމަށް އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ނިންމަވައި އެކަން ރަސްމީކޮށް އިއުލާން ކުރައްވައިފިއެވެ. ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާގެ މެމްބަރުކަމުގައި ހުންނަވަނިކޮށް މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން 12 އޭޕްރިލް 2025 ގައި ކުރި ހުކުމާ ގުޅިގެންނެވެ. މި ހުކުމާ އެކު އެ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމ...

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް
Raajje

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާގޮތަށް މިއަދު ބަދަލުތަކެއް ގެންނަވައިފިއެވެ. މި ބަދަލުތަކާއެކު މިއަދު ވަނީ 12 ވަޒީރަކު އަލަށް މަޤާމަށް ޢައްޔަންކުރައްވައި، އެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ. ހުވައި ކުރެއްވުމަށްފަހު، އ...

ވަޒީރުން އިސްތިއުފާދެއްވީ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން: ރައީސް އޮފީސް
Raajje

ވަޒީރުން އިސްތިއުފާދެއްވީ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން: ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިއުފާ ހުށަހެޅުއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމުގައި ހެޔޮ ބަދަލުތަކަށް މަގުފަހިކޮށްދެއްވުމުގެ ގޮތުންކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ. ވަޒީރުންގެ އިސްތިއުފާ އާއި ގުޅިގެން ރައީސް އޮފީހުން ބުނީ، 10 ވަޒީރަކު މިއަދު އިސްތިޢުފާ ހުށަހަޅުއްވާފައިވާތީ އެ ބޭފުޅުންގެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ޤަބޫލުފުޅުކުރައްވާފައި ކަމަށެވެ. އަދި އެ ވަޒީރުން އިސްތިއުފާ ހުށަހެޅުއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށ...

ކެބިނެޓްގެ އިތުރު ވަޒީރުންތަކެއް އިސްތިއުފާ ދެއްވައިފި
Raajje

ކެބިނެޓްގެ އިތުރު ވަޒީރުންތަކެއް އިސްތިއުފާ ދެއްވައިފި

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އިތުރު ވަޒީރުންތަކެއް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ބޭފުޅުން އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. މިއަދު އިސްތިއުފާ ދެއްވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ފޮރިން މިނިސްޓަރު ޑރ. ޢަބުދުﷲ ޚަލީލް، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް، ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމް، ލޯކަލް ގަވަމެންޓް މިނިސްޓަރު...

ދިފާއީ ވަޒީރު ޣައްސާން އިސްތިއުފާ ދެއްވައިފި
Raajje

ދިފާއީ ވަޒީރު ޣައްސާން އިސްތިއުފާ ދެއްވައިފި

ދިފާއީ ވުޒާރާގެ މުޙައްމަދު ޣައްސާން މައުމޫން މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ޣައްސާނު މަގާމުން އިސްތިއުފާދެއްވި ނަމަވެސް، މި ނިންމެވުން ނިންމެވި ސަބަބެއް ސާފެއް ނުވެއެވެ. ޣައްސާން ދިފާއީ ވަޒީރުކަމަށް ޢައްޔަނުކުރެއްވީ 17 ނޮވެމްބަރު 2023 ގައެވެ. ޣައްސާނު އިސްތިއުފާ ދެއްވިއިރު، ރައީސް އޮފީހުގެ ވަޒީރެއްގެ ގޮތުގައި ހުންނެވި ޢަލީ އާރިފް ވަނީ އިއްޔެ އިސްތިއުފާ ދެއްވާފައެވެ. މީގެ އިތުރުން ޚާރިޖީ ވަޒީރު ޑރ. ޢަބުދުﷲ ޚަލީލް މިއަދު ވަނީ މަގާމުން ވަކިކުރަށްވާފައެވެ.

ޚާރިޖީ ވަޒީރު ޚަލީލު މަގާމުން ވަކިކޮށްފި
Raajje

ޚާރިޖީ ވަޒީރު ޚަލީލު މަގާމުން ވަކިކޮށްފި

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް މިއަދު މަގާމުން ވަކިކޮށްފި އެވެ. ޚަލީލް މަގާމުން ވަކިކޮށްފައިވާއިރު، އޭނާ އެ މަގާމުން ވަކިކުރި ސަބަބާއި ގުޅޭ ގޮތުން ސަރުކާރުން އަދި އެއްޗެއް ނުބުނެއެވެ. 18 ވަނަ މަޖިލީހުގައި ނިލަންދޫ ދާއިރާގެ މަޖިލިސް ގޮނޑި ފުރުއްވި ޚަލީލަކީ މި ސަރުކާރުގެ ފުރަތަމަ ސިއްހަތާ ބެހޭ ވަޒީރެވެ. އަދި ދެ ވަނަ ޚާރިޖީ ވަޒީރެވެ. 17 ނޮވެމްބަރު 2023 ގައި ސިއްހީ ވުޒާރާގެ ވަޒީރުކަމަށް ޢައްޔަނުކުރި ޚަލީލް ޚާރިޖީ ވަޒީރުކަމަށް ޢައްޔަނުކުރެއްވީ […]

ފެންކުންފުނީގެ އެމްޑީގެ މަގާމަށް ފަހުމީ
Business

ފެންކުންފުނީގެ އެމްޑީގެ މަގާމަށް ފަހުމީ

ސަރުކާރުގެ ފެން ކުންފުނި، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ހުސެއިން ފަހުމީ މިއަދު އައްޔަންކުރައްވައިފި އެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، އެމްޑަބްލިއުއެސްސީގެ ބޯޑު މެމްބަރުކަމަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މ. ފަތަހަ، ހުސެއިން ފަހުމީ އައްޔަންކޮށްފައިވާ ކަމަށެވެ. އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުލްމަތީން މުހައްމަދު 12 އޭޕްރިލް 2025 ގައި...

އައްމަޓީގެ ޕާސްޕޯޓު ހިފަހައްޓައި ހުކުމް އިސްތިއުނާފް ކޮށްފި
Raajje

އައްމަޓީގެ ޕާސްޕޯޓު ހިފަހައްޓައި ހުކުމް އިސްތިއުނާފް ކޮށްފި

ފްލެޓް އަޅައިދޭނެ ކަމަށްބުނެ ސީލައިފް ގްލޯބަލްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރި ހިޔާނާތުގެ ހުރިހާ ދައުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ. މި މައްސަލައިގެ އިސްތިއުނާފް މަރުހަލާ ނިމެންދެން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއްވެސް ހައިކޯޓުން ވަނީ ނެރެފައެވެ. ޕީޖީ އޮފީހުން ބުނީ ސީލައިފް ގްލޯބަލް އިންކް [...

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ރޭ ހުޅުވާލައިފިއެވެ. މި ދާއިރާގެ ޕާޓީ ޓިކެޓަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕީއެންސީން ބުނި ގޮތުގައި، ޓިކެޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އެކަކަށްވުރެ ގިނަ ފަރާތްތަކެއް ތިބިނަމަ، ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވާނީ ބާއްވާ އެތެރޭގެ ޕްރައިމަރީއަކުންނ...