ރިސޯޓުތަކުގެ މުވައްޒަފުން ރަށްރަށަށް ދިއުމުގެ އިންތިޒާމު މިދަނީ ހަމަޖައްސަމުން: މިނިސްޓަރު
ރިސޯޓްތަކުގައި ތިބި މުވައްޒަފުން އެމީހުންގެ އަމިއްލަ ރަށަށް ދިޔުމުގެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް ޓުރިޒަމް ނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ. ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ރިސޯޓްތަކުގައި ތިބި މުވައްޒަފުން އެމީހުންގެ އަމިއްލަ ރަށަށް ދިޔުމުގެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށާއި، އަދި މުވައްޒަފުންނަށް ރަށަށް ދެވޭތޯ ޔަގީން ކުރައްވާނެކަމަށެވެ. އަދިވެސް 10 ރިސޯޓެއްގައި 50 ގައުމަކަށް ނިސްބަތްވާ ފަތުރުވެރިން...