ރިސޯޓްތަކުގައި ތިބި މުވައްޒަފުން އެމީހުންގެ އަމިއްލަ ރަށަށް ދިޔުމުގެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް ޓުރިޒަމް ނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ރިސޯޓްތަކުގައި ތިބި މުވައްޒަފުން އެމީހުންގެ އަމިއްލަ ރަށަށް ދިޔުމުގެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށާއި، އަދި މުވައްޒަފުންނަށް ރަށަށް ދެވޭތޯ ޔަގީން ކުރައްވާނެކަމަށެވެ.

Ad
rt

އަދިވެސް 10 ރިސޯޓެއްގައި 50 ގައުމަކަށް ނިސްބަތްވާ ފަތުރުވެރިން އެބަތިބި ކަމަށާއި، އެ މީހުން ފޮނުވުމުގެ ކަންކަން ވެސް ފޮރިން މިނިސްޓްރީން ކުރަމުން އެބަގެންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޢަލީ ވަޙީދު ވަނީ ފްލޯޓިންގ ހޮސްޕިޓަލް ގެންނަވަރުގެ ހާލަތެއް އަދި ރާއްޖެއަށް ނާންނަކަމަށްވެސް ވިދާޅުވެފައެވެ. އަދި މިއޮތް ހާލަތުގައި މިކަންކަން މެނޭޖްކުރެވޭނެކަމަށާއި އަދި ބޭރުގެ އެހީއަށް އެދެން ނުޖެހޭކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ފައްސިވި މީހުންގެ ޢަދަދު ވަނީ 220 އަށް އަރާފައެވެ. މިއަދު މިހާތަނަށް މިބައްޔަށް ފައްސި ވެފައިވަނީ ހަ މީހުންނެވެ.