މިއަދު މިވަނީ މާސްކު އެޅުން ދިރިއުޅުމުގެ އާދައަކަށް ހަދަން ޖެހިފައެވެ. ލޮލަށް ނުފެންނަ ކުޑަ ކުޑަ ވައިރަހެއްގެ ސަބަބުން ދުނިޔެ މިވަނީ ހުއްޓުމަކަށް އައިސްފައެވެ. ގޭން ބޭރަށް ނިކުންނަ ނަމަ މާސްކު އެޅުއްވުމަށް ކަމާބެހޭ ފަރާތް ތަކުން މިވަނީ އިރުޝާދު ދެއްވާފައެވެ.

މާސްކު އަޅުއްވާއިރު ސަމާލުކަން ދޭންވީ ‏ކަންތައްތަކުގެ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެއްވާފައިވާ އިރުޝާދުތައް ހިއްސާކޮށްލާނަމެވެ.

Ad
rt
  • ގޭގައި އުޅޭ އިރުވެސް، އެހެން މީހުންގެ ރައްކަލަކަށް، ކެއްސާ، ކިބިނހި އަޅާނަމަ މާސްކް އަޅަންވާނެ
  • މާސްކް ބޭނުން ކުރާއިރުވެސް ސައިބޯނި ލައިގެން ގިނަގިނައިން ރަނގަޅަށް އަތް ދޮންނަންވާނެ
  • މާސްކް ބޭނުންކުރިކަމުގައި ވީނަމަވެސް ގެއިން ބޭރަށް ގިނައިން ދިއުމާއި 3 ފޫޓުގެ ގައިދުރުމިން ނުބަހައްޓާނަމަ ބައްޔަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑު
  • މާސްކް ރަނގަޅަށް ބޭލުމަށްފަހު ކުނި ވަށިގަނޑަށް ލާންވާނެ

މާސްކް އެޅުމަށްފަހު ރައްކާތެރި ގޮތުގައި ނައްތާލުމަކީވެސް މުހިންމުކަމެކެވެ. މަގުމައްޗާއި އެހެނިހެން ތަންތަނަށް އެއްލައިލާނަމަ ބަލި ފެތުރުމުގެ ފުރުޞަތު އިންތިހާއަށް ބޮޑެވެ. މާސްކް ބޭނުންކުރަންޖެހޭ އުސޫލުތަކާއި ޚިލާފަށް މާސްކު ބޭނުންކުރުމަކީވެސް ރައްކާތެރި ކަމެއްނޫނެވެ.

ރާއްޖެއިން ކޮރޯނާ ވައިރަސް ފެނުމާއިއެކު މާސްކުގެ ޑިމާންޑް ބޮޑުވެ ބޭސް ފިހާރަތަކުން ވަނީ މާސްކު ލިބުން ދަތިވެފައެވެ. ނަމަވެސް މާސްކާއި ގުޅިގެން ސިއްޙީ އެހީތެރިންގެ ޚިޔާލު ކޮންމެވެސް ވަރަކަށް ތަފާތެވެ.

ކޮރޯނާ ވައިރަހުގެ އަސަރު ކުރަނީ ބަލިމީހާއާއި ކޮންޓެކްޓްވާ މީހުންނަށެވެ. އެގޮތުން ވައިރަސް އެހެން މީހުންނަށް އެރުމުގެ ފުރުސަތު ބޮޑީ ވައިރަސް ހުންނަ މީހާ ކެއްސާ ކިނބިހި އަޅާއިރު 6 ފޫޓް ކައިރި ސަރަޙައްދެއްގައި ހުންނަ މީހަކަށެވެ.

ކޮންމެހެން މާސްކު އެޅުން މުހިންމު މީހުންނަނީ ކޮރޯނާ ވައިރަސް ހަށިގަނޑުގައި ހުންނަ މީހާ، އެމީހާއަށް އެހީރެވެދޭ މީހާ، އަދި އެމީހާއަށް ސިއްޙީ ފަރުވާދޭ މީހުންނެވެ.

މިފަރާތްތައް ފިޔަވާ އާއްމު ދިރިއުޅުމުގައި ދުޅަހެޔޮ ސިއްޙަތުގައި ހުންނަ މީހާ މާސްކު އެޅުން މުހިންމު ނޫންކަމަށް ޑަބްލިއު.އެޗް.އޯ.އިން ލަފާދެއެވެ.

ނަމަވެސް ކެއްސާ ކިނބިހި އަޅާނަމަ، ނުވަތަ ނޭވާލާ ނިޒާމުގެ ބަލި ހުންނަ މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުން، މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ދިއުމުގައި މާސްކު ބޭނުންކުރުމަކީ މުހިންމު ކަމެކެވެ.