98 މީހުންނާ އެކު ދަތުރުކުރި "އަމާޒު" ބޯޓުގެ ކައްޕި ފައްސިވުމާއި އެކު، ބިރު ބޮޑުވެފައިވާތީ މިކޭސްގެ ކޮންޓެކްޓް ޓްރޭސިން ހަދަމުން ދާކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިރޭ އެންއޯސީގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފައިސަލް ވިދާޅުވީ މިއީ ވަރަށް ބޮޑު ކްލަސްޓާ އަކަށް ވުން އެކަށީގެންވާކަމަށާއި އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް ފަސް މީހަކު ވަނީ އަލާމާތްތައް ފެނިފައިކަމަށް ވިދާޅުވިއެވެ.

Ad
rt

މިއީ ވަރަށް ނުރައްކާ ބޮޑު ކޭސްއެއްގެ ގޮތުގައިވެސް އަފްޒަލް ވަނީ ސިފަ ކުރައްވާފަ އެވެ. އަފްޒަލް ވިދާޅުވީ މި ކޭސްގެ ސަބަބުން އަތޮޅުތަކުގައިވެސް ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމުގެ ފުރުސަތު ހުޅުވިދާނެ ކަމަށެވެ. އެހެން ނަމަވެސް ޔަގީންކޮށް އެކަން ބުނަން އެނގޭނީ އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށްވެސް ވިދާޅުވިއެވެ.

98 މީހުންނާ އެކު ދަތުރުކުރި ށ. ނަރުދޫ "އަމާޒު"ގެ ކެޕްޓަން ވަނީ ޕޮޒިޓިވްވެފައި. އަމާޒު ބޯޓު ވަނީ ވަރަށް ގިނަ ރަށްރަށަށް ދަތުރުކޮށްފައި. އެއީ މި މަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހު. މި ބޯޓު މާފަރާއި ހެނބަދޫ، މިލަދޫ، ވެލިދޫ، ކެނދިކުޅުދޫ، ހޮޅުދޫ އަދި ނަރުދޫ، ފުނަދޫ

ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުރުން މި ބޯޓުން މި މަހުގެ 15 ވަނަ ދުވަހު ދަތުރުކުރި ހުރިހާ އެންމެން އެ މައުލޫމާތު އެޗްޕީއޭއަށް އަންގަން ވަނީ އެދިފައެވެ. އެ ބޯޓުން ދަތުރުކުރި 98 މީހުންގެ ތެރެއިން 51 މީހަކު ދެނެގަނެވިފައި ވެއެވެ. ދެން ތިބި މީހުން ވީހާވެސް އަވަހަށް އެޗްޕީއޭއަށް ރިޕޯޓް ކުރަން ވަނީ އަންގާފަ އެވެ.