ކޯވިޑް-19 އާއި ގުޅިގެން މިހާތަނަށް ރާއްޖެއިން 560 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މީގެ ތެރެއިން 84 މިލިއަން ރުފިޔާ އަކީ ނެޝެނަލް ޑިޒާސްޓާ އޮތޯރިޓީގެ ޓްރަސްޓް ފަންޑުގައި ހުރި 64 މިލިއަން ރުފިޔާ ކަމަށެވެ.

Ad
rt

ހަރަދުތަކުގެ ތަފްސީލް

  • 84 މިލިއަން ރުފިޔާ: މި ފައިސާ ހަރަދުކޮށްފައިވަނީ ޑިޒާސްޓަރ ރިސަރޗް ފަނޑުން. މިއީ 10 މަސް ދުވަހަށް ކާޑު ޔަގީންކުރަން އަނބުރާ ދައްކާގޮތަށް އެސްޓީއޯއަށް ދޫކުރެވިފައިވާ ފައިސާ. މީގެ ތެރެއިން 11 މިލިއަން ރުފިޔާއަކީ ޓޫރިޒަމް ޓްރަސްޓް ފަނޑުން ނަގާފައިވާ ފައިސާ
  • 386 މިިލިއަން ރުފިޔާ- އެންޑީއެމްއޭ އަދި ހެލްތް މިނިސްޓްރީން މެޑިކަލް އިކުއިޕްމަންޓް، ބޭސްފަރުވާ، އެންއީއޯސީ ހިންގުމުގެ ހަރަދަށް، އާރްއާރްޓީ ޓީމްތަކުގެ ލޮޖިސްޓިކްސް ފަދަ ހަރަދުތަކަށް ހޭދަ ކޮށްފައިވާ ފައިސާ
  • 36 މިލިއަން ރުފިޔާ: މި ފައިސާ ހަރަދުކޮށްފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީ ގާއިމްކުރުމަށް. އޭގެ ތެރޭގައި މެޑިކަލް އިކުއިޕްމަންޓް ގަތުމަށް ހަރަދުކޮށްފައިވާ 19.5 މިލިއަން ރުފިޔާ ހިމެނޭ
  • 469،000ރ.: ވެލިދޫގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީ މަރާމާތުކުރުމަށް
  • 6.6 މިލިއަން ރުފިޔާ: ވިލިވަރުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީގެ މަސައްކަތަށް
  • 5.9 މިލިއަން ރުފިޔާ: ފަރުކޮޅުފުށީގައި ހުންނަ ފެސިލިޓީ ގާއިމްކުރުމަށް
  • 1.4 މިލިއަން ރުފިޔާ: ފަރުކޮޅުފުށީގައި ހުންނަ ފެސިލިޓީ މަރާމާތުކުރުމަށް
  • 27 މިލިއަން ރުފިޔާ:
  • 5.3 މިލިއަން ރުފިޔާ: ފޮރިން މިނިސްޓްރީން ކޮށްފައިވާ ހަރަދުތައް.

560 މިލިއަން ރުފިޔާ އިއްޔެގެ ނިޔަލަށް ޚަރަދުވެފައިވާއިރު، މިއީ މި ހާލަތަށް ތައްޔާރުވުމުގެ ގޮތުން އެކި ކަންކަމަށް ދިވެހި ސަރުކާރުން ކޮށްފައިވާ ޖުމްލަ ޚަރަދެވެ.