ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 3 މީހަކު ފައްސިވެ، މިއަދު އެބަލި ޖެހުނު މީހުންގެ ޢަދަދު 50 އަށް އަރައިފިއެވެ.
މިއާއި އެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 191 އަށް އެރީއެވެ.
އެޗްޕީއޭ އިން ބުނީ މި މީހުންގެ ތެރޭގައި ހިމެނެނީ ޕާކިސްތާން މީހަކާއި، ދެ ދިވެއްސެއް ކަމަށެވެ.
މި މީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
✳️ #COVID19 Latest Update:
An additional 3 cases (MAV0189 to MAV0191) of 1 Pakistani and 2 Maldivians have been confirmed.
The individuals will be moved to an Isolation Facility. #StayHome #StaySafe
— Health Protection Agency (@HPA_MV) April 26, 2020
ރާއްޖޭގައި މި ބައްޔަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ރޭ ފަތިހުވެސް އެޗްޕީއޭއިން ވަނީ ރާއްޖެއިން 36 މީހަކު މިބައްޔަށް ފައްސިވި ކަން ހާމަ ކޮށްފައެވެ.
އެޗްޕީއޭ އިން ހާމަ ކުރި ގޮތުގައި އެ 36 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 29 މީހަކާއި، 6 ދިވެއްސަކާއި، އިންޑިއާ މީހެކެވެ.
މިއަދު މިބަލި ޖެހުނު 11 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 9 މީހަކާއި، ދިވެއްސަކާއި، އިންޑިއާ މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!