ރަށްރަށުގައި ފިތުރު ޒަކާތް ދައްކާނީ ކައުންސިލުން އަންގާ ގޮތަކަށް: މިނިސްޓްރީ
ރަށްރަށުގައި ފިތުރު ޒަކާތް ދެއްކުމުގެ ކަންތައް ކުރިއަށް ގެންދާނީ އެރަށެއްގެ ކައުންސިލުން އަންގާ ގޮތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. މިއަހަރުގެ ފިތުުރު ޒަކާތް ބަލައިގަތުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން މިއަދު އާންމުކުރި އިއުލާނެއްގައި ބުނީ މާލޭގައި އޮންލައިކޮށް ޒަކާތް ދެއްކޭނެ ގޮތް ހަމަޖައްސާފައިވާ ކަަމަށެވެ. ނަމަވެސް އަތޮޅު ތެރޭގެ ރަށްތަކުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ ރަށު ކައުންސިލުން ނުވަތަ ސިޓީއެއް ނަމަ ސިޓީ ކައުންސިލް މެދުވެރިކޮށް ކަމަށެވެ....