Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,689 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އީސީގެ މެންބަރުކަމަށް ޑރ. ޒާހިރު އައްޔަނު ކުރައްވައިފި
Raajje

އީސީގެ މެންބަރުކަމަށް ޑރ. ޒާހިރު އައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހުސްވެފައިވާ މެމްބަރުކަމަށް ގ. މާލެހިޔާ 1 03-18، ޑޮކްޓަރ މުޙައްމަދު ޒާހިރު މިއަދު ޢައްޔަން ކުރައްވައިފިއެވެ. ޑރ. ޒާހިރު މި މަޤާމަށް ޢައްޔަންކުރެއްވުމަށް މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، އެ މަނިކުފާނަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވާ ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ހާތިފް ޙިލްމީއެވެ. ޑރ. މުޙައްމަދު ޒާހިރަކީ ބެންގކޮކްގެ ނޭޝަނަލް އިންސް...

ވެކްސިން ޖެހިފަހުން ނިޔާވި މީހާގެ އަނބިމީހާ ވެސް ނިޔާވެއްޖެ
Raajje

ވެކްސިން ޖެހިފަހުން ނިޔާވި މީހާގެ އަނބިމީހާ ވެސް ނިޔާވެއްޖެ

ރާއްޖޭގައި ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިފަހުން އިއްޔެ ނިޔާވި އުމުރުން 93 އަހަރުގެ މީހާގެ އަނބިމީހާ ވެސް މިއަދު ނިޔާވެއްޖެ އެވެ. ގދ. ގައްދޫގައި ކޯވިޑް ވެކްސިން ޖެހިފަހުން ހާލު ސީރިއަސްވެގެން އެ އަތޮޅު ތިނަދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ ނިޔާވި މީހާއަކީ ގިނަ އަދަދެއްގެ ބަލިތަކެއް ތަހައްމަލު ކުރަމުން ދިޔަ، އަދި އޭނާއަށް ހިނގާބިނގާވެ ނޫޅެވޭތާ 10 އަހަރު ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ ވިދާޅުވެއެވެ. […]

އުލިގަމުގައި މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމުގެ ޕްރޮގުރާމެއް ހިންގައިފި
Thiladhunmathi News

އުލިގަމުގައި މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމުގެ ޕްރޮގުރާމެއް ހިންގައިފި

ހއ. އުލިގަމުގައި މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމުގެ ޕްރޮގުރާމެއް ހިންގައިފި އެވެ. އުލިގަމް ކައުންސިލުން ވިދާޅުވީ، މިޕްރޮގްރާމަކީ އުލިގަމު ކައުންސިލާ އުލިގަމު ޞިއްޙީމަރުޒުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގައި އެރަށުގެ ހުރިހާ މުއައްސަސާތަކާއި ޢާއްމުރައްޔިތުން ބައިވެރިވެފައިވާ ކަމަށް އެ ކައުންސިލުން ވިދާޅުވިއެވެ. އުލިގަމް ކައުންސިލުން ވިދާޅުވި ގޮތުގައި މިޕްރޮގުރާމުގެ ދަށުން ކުރެވުނު މަސައްކަތުން އެރަށުގެ ކުނިގޮނޑުތަކުގައި ހުރި ފެންހަރުލާ ޒާތުގެ ތަ...

މާލެއިން ކަރަންޓް ކެނޑިއްޖެ
Raajje

މާލެއިން ކަރަންޓް ކެނޑިއްޖެ

މުޅި މާލެއިން ކަރަންޓް ކެނޑިއްޖެ އެވެ. މާލެއިން ކަރަންޓް ކެނޑިފައިވަނީ 5:40 އެހާކަންހާއިރެވެ. ސްޓެލްކޯއިން ބުނީ މާލެއިން ކަރަންޓް ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަށްވަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. ”ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއިން ވަނީ ކަރަންޓު ކެނޑިފައި. ވީއެންމެ އަވަހަކަށް އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މައާފަށް އެދެން.” ގަޑިން 5:56 ގައި […...

ކުރީގެ މެންބަރު މުޙައްމަދު ދޫކޮށްލައިފި
Raajje

ކުރީގެ މެންބަރު މުޙައްމަދު ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް ބަންދުން ދޫކޮށްލައިފި އެވެ. ކުރީގެ މެންބަރު މުޙައްމަދު ހައްޔަރުކުރީ މިމަހުގެ 16 ވަނަ ދުވަހު ވެރިރަށް މާލޭގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން ނެވެ. އޭނާ ހައްޔަރުކުރުމަށްފަހު ބަންދާ މެދު ގޮތެއް ނިންމަން މިމަހުގެ 17 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް އޭނާ ހާޒިރުކުރުމުން އެ ކޯޓުން އަމުރު ކުރީ ތިން ދުވަހަށް ފުލުހުންގެ ބަންދުގައި އޭނާ ބެހެއްޓުމަށެވެ. މުހައްމަދު އިސްމާއިލް ބަންދުން […]

ކޯވިޑް ވެކްސިން ޖެހި ދޮށީ އުމުރު މީހަކު ނިޔާވެއްޖެ
Raajje

ކޯވިޑް ވެކްސިން ޖެހި ދޮށީ އުމުރު މީހަކު ނިޔާވެއްޖެ

ރާއްޖޭގައި ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒްޖެހި އުމުރުން 93 އަހަރުގެ މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ރާއްޖޭގައި ކޯވިޑް ވެކްސިން ޖެހި މީހަކު ނިޔާވެފައިވާ ކަމަށާއި، އެ މަރުގެ ސަބަބު ހޯދުމަށް ތަހުގީގު ކުރާނެ ކަމަށެވެ. އެމީހާ ކޯވިޑް ވެކްސިން ޖަހާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. މިއަދު ހެނދުނު ނިޔާވީ އުމުރުން 93 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ ގިނަ އަދަދެއްގެ ބަލިތަކެއް […]

ތިލަދުންމަތީގެ 9 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމުކުރަން ސޮއިކޮށްފި
Thiladhunmathi News

ތިލަދުންމަތީގެ 9 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމުކުރަން ސޮއިކޮށްފި

ތިލަދުންމަތީގެ 9 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމު ކުރުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ކުރިއަށް ގެންދިޔުމަށް ރަސްމިއްޔާތެއްގައެވެ. މީގެ ތެރެއިން ހދ. ހަނިމާދޫ ފިޔަވައި ތިލަދުންމަތީގެ އަނެއް އަށް ރަށުގެ ކައުންސިލުން ސޮއިކުރީ އޮންލައޮންކޮށް ކުރިއަށް ގެންދިޔަ އެ ރަސްމިއްޔާތުގެ ތެރެއިން އެރަށެއްގެ ކައުންސިލް އިދާރާގައި ތިބެގެންނެވެ. ހަނިމާދޫ ކައުންސިލުން ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެންވަޔަ...

ރިސޯޓުތަކުގެ ބިމު ކުލިން ލިބުނު އާމްދަނީއަށް އިތުރުވުމެއް
Raajje

ރިސޯޓުތަކުގެ ބިމު ކުލިން ލިބުނު އާމްދަނީއަށް އިތުރުވުމެއް

ރިސޯޓުތަކުގެ ބިމުކުލިން ލިބިފައި އާމްދަނީ އިތުރުވެފައިވާ ކަމަށް ފިނޭންސްމިނިސްޓްރީގެ މާލީ ރިޕޯޓުން ދައްކައިފިއެވެ. ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި މާލީ ރިޕޯޓު ދައްކާގޮތުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓުތަކުން ކުލީގެގޮތުގައި 57.2 މިލިއަންރުފިޔާ ވަނީ ދައުލަތަށް ލިިބިފައެވެ. ނިމުނު 2020 ވަނަ އަހަރު މިމުއްދަތުގައި 41.0 މިލިޔަން ރުފިޔާ ލިބިފައިވާއިރު މިއީ ގާތްގަނޑަކަށް 28 ޕަސަންޓުގެ އިތުރުވުމެކެވެ. ސަރުކާރުގެ މިއަހަރުގެ ބަޖެޓްގައި، ރިސޯޓުތަކުން ބިމުކުލީގެ ގޮތުގައި ލިބޭނެ ކަމަ...

އިންޑިއާގައި ފަރުވާ ދެމުންދަނިކޮށް އިމްރާން ނިޔާވެއްޖެ
Thiladhunmathi News

އިންޑިއާގައި ފަރުވާ ދެމުންދަނިކޮށް އިމްރާން ނިޔާވެއްޖެ

މިމަހުގެ 4ވީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 2:15 ހާއިރު މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، ގައިމަށްޗަށް ކާޕެޓް ރޯލެއް ވެއްޓި އަނިޔާވި ހދ. ނޮޅިވަރަމް، ނައިޓް ޑްރީމް، އުމުރުން 28 އަހަރުގެ އިމްރާން އަލީ ނިޔާވެއްޖެއެވެ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އިމްރާން އިންޑިއާއަށް ގެންދިޔައީ އިއްޔެގެ ވަގުތެއްގައެވެ. އިމްރާން ނިޔާވީ އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގެ، އައިސީޔޫ ގައި ފަރުވާދެމުންދަނިކޮ...

ފަޅުރަށަކަށް ދަނޑިކަނޑަށް ދިޔަ ބަޔަކަށް މަރުވެފައި އޮތް މީހަކު ފެނިއްޖެ
Raajje

ފަޅުރަށަކަށް ދަނޑިކަނޑަށް ދިޔަ ބަޔަކަށް މަރުވެފައި އޮތް މީހަކު ފެނިއްޖެ

ވ. އަތޮޅުގައި އޮންނަ ފަޅުރަށަކަށް ދަނޑި ދަނޑިކަނޑަށް ދިޔަ ބަޔަކަށް މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ، ވ. ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ބިދޭސީއެއް ކަމަށް ބެލެވޭ އެމީހާގެ ހަށިގަނޑު ފެނުނީ އެ ރަށަށް ދަނޑިކަނޑަށް ގޮސް އުޅުނު ބަޔަކަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެ މީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި އެމައްސަލަ ތަހުގީގު ކުރައްވަމުން ދާކަމަށް […]

އީސީއަށް ޑރ. ޒާހިރު އައްޔަނުކުރަން ފާސްކޮށްފި
Parliament

އީސީއަށް ޑރ. ޒާހިރު އައްޔަނުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހުސްވެފައިވާ މެމްބަރުކަމަށް، ޑރ. މުހައްމަދު ޒާހިރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. ޑރ. ޒާހިރު އީސީ މެންބަރުކަމަށް އައްޔަން ކުރަން ފެނޭތޯ ބަލަން މިއަދު މަޖިލީހުގައި ނެގި ވޯޓުގައި އޭނާ އައްޔަން ކުރަން ފެންނަ ކަމަށް 37 މެމްބަރުން ވޯޓު ދެއްވި އެވެ. އީސީން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ޑރ. ޒާހިރާ އެކު 17 މީހުން ކުރިމަތިލި އެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް […]

ރާޢީ، މިނިސްޓަރު އަމީރާ ބައްދަލު ކުރެއްވުން: ދާއިރާއަށް އުންމީދީ ޖަވާބުތަކެއް
Thiladhunmathi News

ރާޢީ، މިނިސްޓަރު އަމީރާ ބައްދަލު ކުރެއްވުން: ދާއިރާއަށް އުންމީދީ ޖަވާބުތަކެއް

މަކުނުދޫ ދާއިރާއަށް 2021 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނިފައިވާ މަޝްރޫޢުތައް އަވަސްކޮށްދިނުމަށް އެދި ދެންނެވުމަށާއި، އެ މަޝްރޫޢުތަކާއި ގުޅޭ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ، ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރާއި އިއްޔެ ބައްދަލު ކުރަށްވައިފިއެވެ. މި ބައްދަލުވުން ކުރެއްވުމާއި ގުޅޭގޮތުން މެންބަރު ރާޢީ ފޭސްބުކްގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެން ”ތިލަދުން”އިން އިތުރު މަޢުލޫމާތު ހޯދުމަށް ރާޢީއަށް ދެންނެވުމުން އޭނާ ވިދާޅުވީ އިއްޔެ ބައްދަލުވުމަކީ ވަރަށް އުންމީދީ...

މީޑިއާ ރެގިއުލޭޓަރީ އޮތޯރިޓީއެއް އޮންނަންވީ ގޮތާމެދު އެމްއެމްސީއިން ޚިޔާލު ހޯދަނީ
Raajje

މީޑިއާ ރެގިއުލޭޓަރީ އޮތޯރިޓީއެއް އޮންނަންވީ ގޮތާމެދު އެމްއެމްސީއިން ޚިޔާލު ހޯދަނީ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމަށްފަހު “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީ” އުފެއްދުމާއި ގުޅޭ ގޮތުން އެމްއެމްސީން ހިޔާލު ހޯދަން ފަށައިފި އެވެ. އެމްއެމްސީން ބުނީ މިސާވޭގެ މަގްސަދަކީ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީ” އޮންނަންވީ ގޮތާއި މެންބަރުން އައްޔަންކުރަންވީ ގޮތާ މެދު މީޑިއާތަކާއި އާންމުން ދެކޭ ގޮތް ބެލުމަށް ކަމަށެވެ. އިއްޔެ އެކައުންސިލުން ގޫގުލް ފޯރމް މެދުވެރިކޮށް ހުޅުވާލި މިސާވޭގައި އަހާ...

ފުނަދޫ ފެނަކައިން އެރަށު ސްކޫލް ކުޅޭބިން ސާފުކޮށް އެއްވަރުކޮށްދީފި
Thiladhunmathi News

ފުނަދޫ ފެނަކައިން އެރަށު ސްކޫލް ކުޅޭބިން ސާފުކޮށް އެއްވަރުކޮށްދީފި

ށ. ފުނަދޫ ފެނަކަ ބްރާންޗުން އެރަށު ސްކޫލް ކުޅޭބިން ސާފުކޮށް އެއްވަރުކޮށްދީފި އެވެ. ފުނަދޫ ފެނަކަ ބްރާންޗުން އެމަސައްކަތްކޮށްފައި ވަނީ އިއްޔެއެވެ. މިގޮތުން އެ ބްރާންޗުން ބުނެފައި ވަނީ ފުނަދޫ ސްކޫލްގެ ގޯތި ތެރޭގައި ދަރިވަރުން ކުޅުމަށް ޚާއްޞަކުރެވިފައިވާ ބިން ސާފުކޮށް، އެއްވަރުކޮށްދީ ނިމިފައިވާ ކަމަށެވެ. އެ ބްރާންޗްގެ މެނޭޖަރު އަޙްމަދު އުނައިޝް ”ތިލަދުން”އަށް ވިދާޅުވީ، އެމަސައްކަތްކޮށްދީފައި ވަނީ ފުނަދޫ ސްކޫލްގެ އެދުމުގެ މަތިން ކަމަށެވެ. ”މިދުވަސްވަރު މިކޮޅުގައި އަޅުގަނޑުމެން ބްރާންޗްގެ އެކްސްޓެންޝ...

އެކަނި ސްނޯކްލިންއަށް ދިޔަ ފަތުރުވެރިޔާ އަދިވެސް ނުފެނޭ
International

އެކަނި ސްނޯކްލިންއަށް ދިޔަ ފަތުރުވެރިޔާ އަދިވެސް ނުފެނޭ

އެކަނިމާއެކަނި ސްނޯކްލިންއަށް ގޮސްގެން އުޅެނިކޮށް އިއްޔެ ގެއްލުނު އަންހެން ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އިންޓާކޮންޓިނެންޓަލް މޯލްޑިވަސް މާމުނަގައު ރިސޯޓުން ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު ގެއްލިގެން އެމްއެންޑީއެފްގެ ނޯތް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރި ވަމުންދާ ކަމަށް އެމްއެންޑީއެފް ރޭ ވަނީ ވިދާޅުވެފަ އެވެ. އަދި އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުނީ ރޭ 8:20 ހާއިރު ކަމަށް ވެސް ވިދާޅުވިއެވެ. އެ އަންހެން ފަތުރުވެރިޔާ ލައިގެ...