ހއ. އުލިގަމުގައި މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމުގެ ޕްރޮގުރާމެއް ހިންގައިފި އެވެ.

އުލިގަމް ކައުންސިލުން ވިދާޅުވީ، މިޕްރޮގްރާމަކީ އުލިގަމު ކައުންސިލާ އުލިގަމު ޞިއްޙީމަރުޒުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގައި އެރަށުގެ ހުރިހާ މުއައްސަސާތަކާއި ޢާއްމުރައްޔިތުން ބައިވެރިވެފައިވާ ކަމަށް އެ ކައުންސިލުން ވިދާޅުވިއެވެ.

Ad
rt

އުލިގަމް ކައުންސިލުން ވިދާޅުވި ގޮތުގައި މިޕްރޮގުރާމުގެ ދަށުން ކުރެވުނު މަސައްކަތުން އެރަށުގެ ކުނިގޮނޑުތަކުގައި ހުރި ފެންހަރުލާ ޒާތުގެ ތަކެތި ނަގާ ސާފުކުކޮށްފައި ވާކަމަށެވެ.

މިޕްރޮގުރާމުގައި އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް މިވަގުތު ކުރަމުންގެންދާ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބައިވެރިވެފައި ވާކަން އުލިގަމް ކައުންސިލުން ވަނީ ފާހަގަ ކޮށްފަ އެވެ.

އުލިގަމު ކައުންސިލުން ވަނީ އެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި އެ ރަށުގެ ހުރިހާ މުއައްސަސާއަކުންނާއި، އެރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް އެހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.