ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް ބަންދުން ދޫކޮށްލައިފި އެވެ.
ކުރީގެ މެންބަރު މުޙައްމަދު ހައްޔަރުކުރީ މިމަހުގެ 16 ވަނަ ދުވަހު ވެރިރަށް މާލޭގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން ނެވެ.
އޭނާ ހައްޔަރުކުރުމަށްފަހު ބަންދާ މެދު ގޮތެއް ނިންމަން މިމަހުގެ 17 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް އޭނާ ހާޒިރުކުރުމުން އެ ކޯޓުން އަމުރު ކުރީ ތިން ދުވަހަށް ފުލުހުންގެ ބަންދުގައި އޭނާ ބެހެއްޓުމަށެވެ.
މުހައްމަދު އިސްމާއިލް ބަންދުން ދޫކޮށްލާފައި ވަނީ މިރޭގެ ވަގުތެއްގަ އެވެ. އަދި އޭނާ ވަނީ މިރޭ އިދިކޮޅު ކޯލިޝަނުން މާލޭ ސިޓީގައި ކުރިއަށްގެން ދިޔަ އިހުތިޖާޖުގައި ވެސް ބައިވެރިވެފަ އެވެ.
އިދިކޮޅުން މާލޭ ސިޓީގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާއިރު، ކޯވިޑްގެ ތިންވަނަ ރާޅާއެކު މާލޭ ސަރަޙައްދުގެ ފިޔަވަޅުތައް ވަނީ ބޮޑުތަނުން ވަރުގަދަ ކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!