އެކަނިމާއެކަނި ސްނޯކްލިންއަށް ގޮސްގެން އުޅެނިކޮށް އިއްޔެ ގެއްލުނު އަންހެން ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އިންޓާކޮންޓިނެންޓަލް މޯލްޑިވަސް މާމުނަގައު ރިސޯޓުން ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު ގެއްލިގެން އެމްއެންޑީއެފްގެ ނޯތް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރި ވަމުންދާ ކަމަށް އެމްއެންޑީއެފް ރޭ ވަނީ ވިދާޅުވެފަ އެވެ. އަދި އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުނީ ރޭ 8:20 ހާއިރު ކަމަށް ވެސް ވިދާޅުވިއެވެ.
އެ އަންހެން ފަތުރުވެރިޔާ ލައިގެން ހުރީ ރަތް ކުލައިގެ މޫދު ހެދުމެއް ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ޑައިވަރުން ކުރަމުންދާ ކަމަށް ވެސް ރޭ އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ހާދިސާއާއިގުޅޭ ފަހުގެ މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ވިދާޅުވީ ގެއްލުނު އެ ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ޑައިވަރުން ހުއްޓާނުލާ ކުރަމުންދާ ކަމަށެވެ. ކަނޑުގެ ސާފޭސްވެސް ބަލައި، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު އަދި އޭނާ ނުފެންނަ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!