ސީޕްލޭނެއް ވެއްޓިއްޖެ
ހުޅުލޭ ފަޅުތެރެއަށް ޖައްސަން އުޅުމުގެ ތެރޭގައި ސީޕްލޭނެއް ވެއްޓިއްޖެއެވެ. ވެއްޓިފައި ވަނީ މަންތާ އެއާގެ ސީޕްލޭނެކެވެ. އަދި މިހާދިސާ ހިނގީ މިއަދުގެ ހެނދުނު 7:30 ހާއިރުއެވެ. އެ ސީ ޕްލޭނަކީ ކޮމޯ މާލިފުށިން ފަތުރުވެރިން ގޮވައިގެން ހުޅުލެއަށް ދަތުރުކުރި ސީޕްލޭނެއް ކަމަށް މައުލޫމާތު ލިބެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ ސީޕްލޭނުން ދަތުރުކުރި 9 މީހުން ވެސް މިހާރު ސަލާމަތްކުރެވި، ކުރަމުން ދަނީ ލަގެޖްތައް ސަލާމަތް ކުރުމުގެ މަސައްކަތް ކަމަށެވެ. އެ ސީޕްލޭނުން ދަތުރުކުރީ 6 ފަތުރުވެރިއަކާއި 3 ފަޅުވެރިންނެވ...