ރިސޯޓުތަކުގެ ބިމުކުލިން ލިބިފައި އާމްދަނީ އިތުރުވެފައިވާ ކަމަށް ފިނޭންސްމިނިސްޓްރީގެ މާލީ ރިޕޯޓުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި މާލީ ރިޕޯޓު ދައްކާގޮތުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓުތަކުން ކުލީގެގޮތުގައި 57.2 މިލިއަންރުފިޔާ ވަނީ ދައުލަތަށް ލިިބިފައެވެ.
ނިމުނު 2020 ވަނަ އަހަރު މިމުއްދަތުގައި 41.0 މިލިޔަން ރުފިޔާ ލިބިފައިވާއިރު މިއީ ގާތްގަނޑަކަށް 28 ޕަސަންޓުގެ އިތުރުވުމެކެވެ.
ސަރުކާރުގެ މިއަހަރުގެ ބަޖެޓްގައި، ރިސޯޓުތަކުން ބިމުކުލީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 1.8 މިލިއަން ރުފިޔާއެވެ.
ޮރިސޯޓުތަކުގެ ބިމުކުލިން ލިބިފައި އާމްދަނީ އިތުރުވެފައިވާއިރު، ކޯވިޑް-19 ގެ ސަބަބުން އިގްތިސޯދަށް ކުރިމަތިވި ގެއްލުންތަކުގެ ސަބަބުން، ރިސޯޓުތަކުގެ ކުއްޔާއި ސަރުކާރުގެ އެހެން ބިންތަކުގެ ކުލިތައް ދެއްކުން ވަނީ އެއް އަހަރުގެ މުއްދަތަށް ފަސްކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!