މުޅި މާލެއިން ކަރަންޓް ކެނޑިއްޖެ އެވެ.

މާލެއިން ކަރަންޓް ކެނޑިފައިވަނީ 5:40 އެހާކަންހާއިރެވެ.

Ad
rt

ސްޓެލްކޯއިން ބުނީ މާލެއިން ކަރަންޓް ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަށްވަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

''ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއިން ވަނީ ކަރަންޓު ކެނޑިފައި. ވީއެންމެ އަވަހަކަށް އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މައާފަށް އެދެން.''

ގަޑިން 5:56 ގައި ކުރި ޓްވީޓެއްގައި ސްޓެލްކޯއިން ބުނެފަ ވެއެވެ.

ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް 6:23 ހާއިރުން ފެށިގެން މާލޭގެ ސަރަހައްދުތަކަށް ވަނީ ކަރަންޓް ލިބެން ފަށާފަ އެވެ.