ށ. ފުނަދޫ ފެނަކަ ބްރާންޗުން އެރަށު ސްކޫލް ކުޅޭބިން ސާފުކޮށް އެއްވަރުކޮށްދީފި އެވެ.
ފުނަދޫ ފެނަކަ ބްރާންޗުން އެމަސައްކަތްކޮށްފައި ވަނީ އިއްޔެއެވެ. މިގޮތުން އެ ބްރާންޗުން ބުނެފައި ވަނީ ފުނަދޫ ސްކޫލްގެ ގޯތި ތެރޭގައި ދަރިވަރުން ކުޅުމަށް ޚާއްޞަކުރެވިފައިވާ ބިން ސާފުކޮށް، އެއްވަރުކޮށްދީ ނިމިފައިވާ ކަމަށެވެ.
އެ ބްރާންޗްގެ މެނޭޖަރު އަޙްމަދު އުނައިޝް ''ތިލަދުން''އަށް ވިދާޅުވީ، އެމަސައްކަތްކޮށްދީފައި ވަނީ ފުނަދޫ ސްކޫލްގެ އެދުމުގެ މަތިން ކަމަށެވެ.
''މިދުވަސްވަރު މިކޮޅުގައި އަޅުގަނޑުމެން ބްރާންޗްގެ އެކްސްޓެންޝަން މަސައްކަތެއް އެބަ ހިނގާ، އެމަސައްކަތުގައި ބޭނުންކުރާ ހައިމާކެއް އޮތުމާއެކު ފުނަދޫ ސްކޫލުން އެދުނީ އެމަސައްކަތް ކޮށްދިނުމަށް، ދެން އަޅުގަނޑުމެން ހެޑް އޮފީހުގެ ހުއްދައާއިއެކު އެމަސައްކަތް މިކޮށްދިނީ''
އުނައިޝް ވިދާޅުވިއެވެ.
ފޮޓޯ: ފުނަދޫ ފެނަކަ
ފުނަދޫ ސްކޫލްގެ ގޯތި ތެރޭގައި ދަރިވަރުން ކުޅުމަށް ޚާއްޞަކުރެވިފައިވާ ބިން ސާފުކޮށް، އެއްވަރުކޮށްދިނުމުގެ މަަސައްކަތް އެރަށުގެ ފެނަކަ ބްރާންޗުންކޮށްދިންކަން ފާހަގަކޮށް ފުނަދޫ ސްކޫލުން ވަނީ އެ ބްރާންޗްގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި އެ މަސައްކަތުގައި ފުނަދޫ ކައުންސިލުން ދިން އެއްބާރުލުން ވެސް އެ ސްކޫލުން ވަނީ ފާހަގަކޮށް، އެ ކައުންސިލަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!