މުޅިރާއްޖެގައި ސެކިއުރިޓީ ވަރުގަދަކޮށް ހަތިޔާރާ އެކު ސިފައިން ހަރަކާތްތެރިވަނީ
ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާއި ގުޅިގެން މުޅި ރާއްޖޭގެ ސެކިއުރިޓީ ވަރުގަދަކޮށް ހަތިޔާރާއި އެކު ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ. އެމްއެންޑީއެފުން މިރޭ ކުރެއްވި ޓްވީޓެއްގަ ވިދާޅުވީ، މިމަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެން މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސެކިއުރިޓީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދި މުޅިރާއްޖެ...