ހދ. ހަނިމާދޫއިން އިންޑިއާ ސިފައިންގެ މީހަކާއި، އިތުރު ދެ ދިވެހިން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެ މީހުން ޕޮޒިޓިވްވިކަން އެނދުނީ ދެންމެ އެވެ.

Ad
rt

ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ''ތިލަދުން''އަށް ވިދާޅުވީ، މިއަދު ޕޮޒިޓިވްވި އިންޑިއާ ސިފައިންގެ މީހާއަކީ ކުރިން ޕޮޒިޓިވްވި އިންޑިއާ ސިފައިންގެ މީހާގެ ޢާއިލާގެ ތިން މެންބަރުންނާ އެއް ގެސްޓް ހައުސްއެއްގައި ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ.

"އެ ދުވަހު އެ ގެސްޓްހައުސްއިން 4 މީހުން ޓެސްޓް ކުރީ، އެތަނުން އެއް ޢާއިލާއެއްގެ ތިން މީހުން އެދުވަހު ޕޮޒިޓިވްވީ، މިއަދު ޕޮޒިޓިވްވި މީހާ އެދުވަހު ނެގެޓިވް، އިއްޔެ އަލުން އޭނާގެ ސާމްޕަލް ނެގީ، މިއަދު މި އެނގުނީ ޕޮޒިޓިވްކަން، އެހެންވިމާ އެ ހަތަރު މީހުން ވެސް އަލުން 14 ދުވަހަށް ކަރަންޓީނުކޮށްފަ ވާނީ" އިބްރާޙީމް ވިދާޅުވިއެވެ.

ދެން ހަނިމާދޫން ޕޮޒިޓިވްވީ އެރަށަށް ނިސްބަތްވާ ދެމައިންނެވެ. އެމީހުން ޕޮޒިޓިވްވީ ހޯމް ކަރަންޓީނު ފުރިހަމަކޮށް ނެގި ރިލީޒް ސާމްޕަލުންނެވެ. އެމީހުންނަކީ ވަކިން ގެއެއްގައި ކަރަންޓީނުގަ ތިބި ބައެކެވެ.

ހަނިމާދޫ ގައި ހޯމް ކަރަންޓީނުގައި ތިބި އިންޑިއާ ސިފައިންގެ ޢާއިލާއެއްގެ ތިން މީހަކު ޕޮޒިޓިވްވީ މެއި5 ވަނަ ދުވަހުއެވެ. އެއީ ސިފައިންގެ މީހާއާއި އޭނާގެ އަނބިމިހާއާއި ދަރިފުޅެވެ.