ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާއި ގުޅިގެން މުޅި ރާއްޖޭގެ ސެކިއުރިޓީ ވަރުގަދަކޮށް ހަތިޔާރާއި އެކު ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން މިރޭ ކުރެއްވި ޓްވީޓެއްގަ ވިދާޅުވީ، މިމަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެން މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސެކިއުރިޓީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދި މުޅިރާއްޖެގައި ހަތިޔާރާ އެކު ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
6 May 2021 vana dhuvahu Rayyithunge Majilis ge Raees, Raees Mohamed Nasheedh ah amaazukoh dhin nurakkaatheri hamalaa aai gulhigen, Greater Male’ Area ge ithurun raajjeyge eki kankolhuthakugai security kankan varugadhakoh, hathiyaaraaeku sifain annanee harakaaiy theri vamun.
— Maldives National Defence Force (@MNDF_Official) May 13, 2021
ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީރޭ ކައިރިން ކާރަށް އަރާވަޑައި ގަންނަވަން ވަޑައިގަންނަވަނިކޮށް މިމަހުގެ ހަވަނަ ދުވަހުގެ ރޭ ވަނީ އެއްޗެއް ގޮއްވާލާފައެވެ. މި ހާދިސާއާ ގުޅިގެން ލިބުނު ޒަހަމުތަކަށް ފަރުވާއަށް ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެރޭ 8:30 ގައެވެ.
އެހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ބައެއް ސާޖަރީތައް ވެސް އޭޑީކޭ ހޮސްޕިޓަލުގައި ހެދިއެވެ. އެމަނިކުފާނު މިއަދާއި ހަމައަށް ފަރުވާއަށް އޮންނެވީ އެ ހޮސްޕިޓަލްގަ އެވެ. މިއަދު އެމަނިކުފާވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ފުރާ ވަޑައިގެންފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!