މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި، ކޮޅިގަނޑެއްގައި ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހޯރަފުށީ އެއާޕޯޓްގެ ޓާމިނަލްގައި ފުރާމީހުން ބޭނުންކުރާ ދޮރާށި ފުނޑުފުނޑުވެއްޖެއެވެ.
އެ ޓާމިނަލްގެ ދޮރާށިތައް ހަދާފައި ހުންނަނީ އެލްމިނިއަމް ގިއުގަނޑެއްގައި ބިއްލޫރި ބޭނުންކޮށްގެންނެވެ. ކޮޅިގަނޑެއްގައި އެ ޓާމިނަލްގައި ފުރާމީހުންގެ ދޮރާށި އެއްކޮށްވެއްޓި ފުނޑުފުނޑުވީ މިއަދު ހެނދުނު 10:30 ހާއިރުއައި ކޮޅިގަނޑެއްގަ އެވެ.
އެ އެއާޕޯޓްގެ އޮފިޝަލެއް "ތިލަދުން"އަށް ވިދާޅުވީ، އެ ކޮޅިގަނޑުގައި އެ އެއާޕޯޓްގެ ޓާމިނަލްގައި ފުރާމީހުން ބޭނުންކުރާ ދޮރާށި އެއްކޮށްވެއްޓި ފުނޑުފުނޑުވެފަ ވާކަމަށެވެ.
"ބާރު ކޮޅިގަނޑެއްލައިގަތީ، ދޮރާށި އެއްކޮށް އޮތީ ވެއްޓި ފުނޑުފުނޑުވެފަ، މި ޓާމިނަލްގެ ދޮރުތައް ގިއުގަނޑު އެލްމިނިއަމުން ހަދާފަ މައިގަނޑު މިހުންނަނީ ބިއްލޫރި" އޭނާ ވިދާޅުވިއެވެ.
ކޮޅިގަނޑެއްގައި ހޯރަފުށީ އެއާޕޯޓު ޓާމިނަލްގެ ދޮރާއްޓެއް ފުނޑުފުނޑުވެއްޖެhttps://t.co/8w0skC40nu pic.twitter.com/R8XzqgUd2T
— Thiladhun (@thiladhun) May 13, 2021
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތަރައްގީކުރި ފުރަތަމަ އެއާޕޯޓު، ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވީ 19 ނޮވެމްބަރު 2020 ގައެވެ. އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އޮވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!