ބަނގުރާ ބޯންތިބި ހަތަރު ދިވެހިން ކ. ހިންމަފުށިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ، ކ. ހިންމަފުށީ ގެއްގައި ހަތަރު މީހަކު ބަނގުރާ ބޯން ތިބިކަމަށް ހިންމަފުށި ޕޮލިސް ސްޓޭޝަނަށް މައުލޫމާތު ލިބުމާ ގުޅިގެން ރޭ ދަންވަރު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

Ad
rt

ރޭ 02:10 ހާއިރު ހިންގި އެ އޮޕަރޭޝަނުގައި ހަތް ފުޅި ބަނގުރާއާއެކު 21 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނެއްގެ އިތުރުން 29 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ހަތަރު މީހުންނަކީ ވެސް ދިވެހިން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މެއި މަހުގެ 8 ވަނަ ދުވަހުގެ ރޭ ލ. ފޮނަދޫގައި ވަނީ އޮޕަރޭޝަނެއް ހިންގަވާފައެވެ. މި އެ އޮޕަރޭޝަނުގައި، އެ ރަށު އެސްޓީއޯ ފިހާރަ ގުދަން ހުންނަ ސަރަހައްދު މަގުމަތި ބަލަައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަ ރަބަރު ޕެކެޓު ފެނިފައިވާކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

އޭގެ އިތުުރުން، ގއ. ކަނޑުހުޅުދޫގައި ދުއްވާ ފެރީއެއްގައި ގޮތްނޭނގޭ ފޮށިގަނޑެއް ހުރިކަމަށް މި މެއި މަހުގެ 8 ވަނަ ދުވަހު ކަނޑުހުޅުދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ގޮސް ފޮށިގަނޑު ކަނޑައިބެލިއިރު އެ ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނުނުކަމަށް ވެސް ފުހުން މައުލޫމާތު ހާމަކުރަށްވާފަ ވެއެވެ.

ތ. ތިމަރަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ވެސް ވަނީ 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައެވެ. އެނާ ހައްޔަރު ކޮށްފައިވަނީ އޭނާގެ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އޭނާ ދިރިއުޅޭ ކޮޓަރިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނުމާ ގުޅިގެން މި މެއި މަހުގެ 7 ވަނަ ދުވަހުކަމަށް ފުހުން ވިދާޅުވިއެވެ.

މި މައްސަލަތައް ފުލުހުން ގެންދަވަނީ ތަހުގީގު ކުރަށްވަމުން ނެވެ.