ހއ. ދިއްދޫއިން އަނެއްކާ ވެސް ދެމީހަކު ޕޮޒިޓިވްވެ އެރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 101 އަށް އަރައިފިއެވެ.
މިފަހަރު ޕޮޒިޓިވްވީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 2 މީހެކެވެ. އެހެންކަމުން އެރަށުން މިހާތަނަށް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތަކުން 85 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މިހާތަނަށް އެރަށުންނެގި 12 ރެންޑަމް ސާމްޕަލެއް ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.
އެރަށަށް ކޯވިޑްގެ ބިރުވެރިކަން ގެނުވީ މެއި 1 ވަނަ ދުވަހު އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމުން ނެވެ. އެ ކޭހާއި ގުޅިގެން ޕޮޒިޓިވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި އަދި ރޭންޑަމް ސާމްޕަލް ގޮތުގައި ނެގި ސާމްޕަލްތަކުން މިހާތަނަށް ޖުމްލަ 98 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
އެރަށުގައި ހޯމް ކަރަންޓީނުގައި ތިއްބާ މިފަހުން ޕޮޒިޓިވްވި 4 މީހުންކުރެ 3 މީހެއް އަދި ބަލިން ރަނގަޅުނުވެ އެބަތިއްބެވެ.
ދިއްދޫގައި ހަލުވިކަމާއެކު ކޯވިޑް ބަލި ފެތުރެމުންދާތީއާއި، މިމަހު 8 އިން ފެށިގެން މިމަހު 14 ވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށް އެރަށުގައި ވަނީ ކާފިއު ހިންގައި، ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އަދި އެރަށުގެ 270 ގެއެއް ވަނީ ކަރަންޓީނުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!