ކޭއާރުއެޗުގައި ކެތްލެބް ޤާއިމްކުރުމަށް މަޝްވަރާތައް ފަށައިފި
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ކެތްލެބް ޤާއިމްކުރުމަށްޓަކައި އެ ހޮސްޕިޓަލާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ. ހަލީމް މިހެން ވިދާޅުވީ އައިޖީއެމްއެޗްގެ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ސީއީއޯ ޙަލީމް ވިދާޅުވީ، ކުޅުދުއްފުށީގައި ކެތްލެބް ޤާއިމްކުރުމަށް ބޭނުންވާ ޖާގަ ހަމަޖެހުމާއެކު، ރާއްޖޭގެ އުތުރުގައި ވ...