މަކުނުދޫގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން އެރަށަށް ރަޖިސްޓްރީވާން ހިތްވަރުދިނުމަށް އިނާމެއް ދެނީ
ހދ. މަކުނުދޫގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން، އެރަށުގެ ރަޖިސްޓްރީއަށް ބަދަލުވުމަށް ބާރުއެޅުމުގެ ގޮތުން ފައިސާގެ އިނާމަކާއި ގިފްޓް ޕެކެއް ދިނުމަށް މަކުނުދޫ ކައުންސިލުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ މަކުނުދޫ ކައުންސިލްގެ ފަސްވަނަ ދައުރުގެ އަށްވަނަ އާންމު ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވަނީ މަކުނުދޫގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން އެރަށުގެ ރަޖިސްޓްރީއަށް ބަދަލުވުމަށް ބާރުއެޅުމުގެ ގޮތުން ހިންގާ ކެމްޕޭނާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، އެކަން ކުރިއަ...