ހދ. ކުރިނބީ އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ފުޓްސަލް ކޯޗިންގ ކޭމްޕެއް ބާއްވައިފިއެވެ.

މި ފުޓްސަލް ކޭމްޕަކީ ކުރިނބީ ކައުންސިލާއި، ފުލުހުން އަދި އ.ތ.މ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔަ ކޭމްޕެކެވެ.

Ad
rt

ޖުލައި 2 ވަނަ ދުވަހު ފަށައި ހަވީރާއި ރޭގަނޑުގެ ސެޝަންތަކާއެކު ކުރިއަށް ގެންދިޔަ މި ކޭމްޕް ނިންމައި ލީޑިންގ ކޯޗް ރިޟާ އަދި ފުލުންނަށް ހަނދާނީ ލިޔުން ހަވާލުކުރުމާއި، ބައިވެރިންގެ ފަރާތުން ހަދިޔާ ހަވާލުކުރުމަށް އިއްޔެ ވަނީ ހާއްސަ ހަފުލާއެއް ބާއްވާފައެވެ.

ކުރިނބީ ކަނބަލުންނަށް ހާއްސަކޮށްގެން ބޭއްވި ފުޓްސަލް ކޭމްޕްގެ ތެރެއިން، ފޮޓޯ: ޗާލު ފޮޓޯީ

ކުރިނބީ ކައުންސިލުން ވަނީ ކޭމްޕް ކުރިއަށް ގެންދިއުމުގައި ފުލުހުންނާއި، އ.ތ.މ. ކޮމިޓީން އަދި ރަށުގެ މުއައްސަސާތަކާއި ކަނބަލުން ދެއްވި އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

މި ކޯޗިން ކޭމްޕަށްފަހު ފިރިހެނުންނަށް ހާއްސަ ފުޓްސަލް ޓްރެއިނިން ސެޝަންތަކެއް ވެސް އެރަށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.