މާލޭގެ ގެއެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ ގ. ފުންފަޅު ގޭގެ ހަތަރުވަނަ ފަންގިފިލާގައެވެ.

Ad
rt

މި ހާދިސާގެ ރިޕޯޓް ސިފައިންނަށް ލިބިފައިވަނީ މިރޭ 22:49 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ފުލުހުން ބުނިގޮތުގައި މި ހާދިސާގެ ރިޕޯޓް އެ އިދާރާ އަށް ލިބުނީ މިރޭ 22:49 އެހައިކަންހާއިރުއެވެ.

މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ގ. ފުންފަޅުގޭގެ ހަތަރުވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ އެ އޮތޯރިޓީން އެކަން ބަލަމުންދާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް ނުވަތަ ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި މިހާތަނަށް ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ސިފައިން މިހާރު ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.