ރަށްރަށުގެ އިގްތިސާދީ ކުރިއެރުމާއި، އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ލޯކަލް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދައުރާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް ޚާއްސަ އޮންލައިން ވެބިނާރެއް ބޭއްވުމަށް ހއ. ދިއްދޫ ކުރިމަގު ޖަމިއްޔާއިން ނިންމައިފިއެވެ.
މި ވެބިނާރްގެ މައިގަނޑު މަގްސަދަކީ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި، ރަށު ފެންވަރުގައި ހިންގާ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ބައިވެރިންނަށް ކިޔައިދިނުމެވެ.
މީގެ އިތުރުން، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމުގެ އިތުރުން، އަމިއްލަ މުސްތަގުބަލު ބައްޓަންކުރުމަށް މުޖުތަމައު ބާރުވެރިކުރުވުމަކީ ތަނަވަސް ރަށްތަކެއް ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަންކަން ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.
ކުރިމަގު ޖަމިއްޔާއިން މި ވެބިނާރް ބޭއްވުމަށް ހަމަޖެހިފައިވަނީ 9 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:30 ގައެވެ. މިއީ އޮންލައިންކޮށް ކުރިއަށް ގެންދާ އިންޓަރެކްޓިވް ސެޝަނެކެވެ.
މި ވެބިނާރް ފުރިހަމަކުރާ ބައިވެރިންނަށް ލޯކަލް އިކޮނޮމިކް ޑިވެލޮޕްމަންޓާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ދިވެހި ބަހުން އޮތް އަތްމަތީ ފޮތެއް ހިލޭ ލިބޭނެއެވެ.
މި ޕްރޮގްރާމަކީ ޔޫރަޕިއަން ޔޫނިއަންގެ އެހީގައި ދި އޭޝިއާ ފައުންޑޭޝަނުން ކުރިއަށްގެންދާ "ސްޓްރެންތެނިންގ މޯލްޑިވިއަން ސިވިލް ސޮސައިޓީ" މަޝްރޫއުގެ ދަށުން ބާއްވާ ހަރަކާތެކެވެ.
ވެބިނާރްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން https://forms.gle/BpCNs6CLbBYGd6va7 މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!