މާލޭގެ ގެއެއްގައި މިރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ދުމުގެ އަސަރުކޮށްގެން ފަރުވާ ދިނުމަށް ބަޔަކު ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ގ. ފުންފަޅު ގޭގެ ހަތަރުވަނަ ފަންގިފިލާގައެވެ.

Ad
rt

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މިރޭ 22:49 އެހައިކަންހާއިރު ރިޕޯޓްކުރި މި ހާދިސާގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ އެއްކޮށް ކޮންޓްރޯލް ކުރެވިފައެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިރޭ 22:49 ހާއިރު ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބަޔަކު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިމާރާތުން ވަނީ އާއިލާތައް ނެރެފައެވެ.

"މި ހާދިސާ އާ ގުޅިގެންނާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިމާރާތުން ނެރުނު އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުންނާއި ކަމާގުޅޭ މުއައްސަސާތަކުން ދަނީ ކުރަމުން" ކަމަށް ފުލުހުން ބުނެފައިވެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ދަނީ މި ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެ އޮތޯރިޓީން ބުނީ ގ. ފުންފަޅުގޭގެ ހަތަރުވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ އެކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.