ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ހުށަހަޅާފައި ނުވަނީ ހއ. އަތޮޅުގެ އެންމެ ކައުންސިލަކުން
ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން (2026- 2022) ތައްޔާރުކޮށް ހއ. އަތޮޅުގެ 13 ރަށު ކައުންސިލަކުން ހުށަހަޅާފައިވާކަމަށް ހއ. އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ. ހއ. އަތޮޅުގައި ޖުމްލަ އޮންނަނީ މީހުން ދިރިއުޅޭ 14 ރަށެއްގެ 14 ލޯކަލް ކައުންސިލެވެ. ހއ. އަތޮޅު ކައުންސިލުން ނެރުއްވި ނޫސްބަޔާނެއްގައި ވަނީ ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން (2026- 2022) ތައްޔާރުކޮށް ހުށަހެޅުއްވި އެ އަތޮޅުގެ ކައުންސިލްތަކަށް މަރުޙަބާ ދަންނަވާފައެވެ. ދި...