ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޒިޔާރަތްކޮށް، އެ ފަރާތްތަކުގެ ހާލު ބެލުމުގެ ހަރަކާތެއް ފަށައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، މިއީ 2021 ވަނަ އަހަރުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
މިގޮތުން މިދިޔަ ހޮނިހިރު ދުވަހު، ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ބައެއް ފަރާތްތަކަށް ޒިޔާރަތްކޮށް، އެ ފަރާތްތަކުގެ ހާލު ބަލާފައިވާނެ ކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.
އެ ކައުންސިލުން ވަނީ، މި ހަރަކާތް މިހަފްތާގެ ތެރޭގައި ވެސް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. މިގޮތުން އެ ސިޓީގައި ދަފްތަރު ކުރެވިފައިވާ ނުކުޅެދުންތެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް ޒިޔާރަތް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މި ހަރަކާތުގައި އެ ކައުންސިލް މެންބަރުންނާއި ކައުންސިލްގެ އިދާރީ މުވައްޒަފުން އަދި ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުންވަނީ ބައިވެރިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!