ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ހުށަހަޅާފައި ނުވަނީ ހއ. އަތޮޅުގެ އެންމެ ކައުންސިލަކުން

HA. Atoll Council

ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން (2026- 2022) ތައްޔާރުކޮށް ހއ. އަތޮޅުގެ 13 ރަށު ކައުންސިލަކުން ހުށަހަޅާފައިވާކަމަށް ހއ. އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ހއ. އަތޮޅުގައި ޖުމްލަ އޮންނަނީ މީހުން ދިރިއުޅޭ 14 ރަށެއްގެ 14 ލޯކަލް ކައުންސިލެވެ.

ހއ. އަތޮޅު ކައުންސިލުން ނެރުއްވި ނޫސްބަޔާނެއްގައި ވަނީ ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން (2026- 2022) ތައްޔާރުކޮށް ހުށަހެޅުއްވި އެ އަތޮޅުގެ ކައުންސިލްތަކަށް މަރުޙަބާ ދަންނަވާފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107-2 ގެ (ހ) ގައިވާ ގޮތުގެމަތިން އަލަށް އިންތިޚާބު ކުރެވުނު ކައުންސިލަރުން މަޤާމާ ޙަވާލުވާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ރަށުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ތައްޔާރުކޮށް އަތޮޅު ކައުންސިލަށް
ހުށަހަޅަން ޖެހެއެވެ.

ނަމަވެސް ކޯވިޑް-19 ގެ ހާލަތާ ގުޅިގެން ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ކުއްލި ނުރައްކަލުގެ ޤާނޫނަށް ރިއާޔަތްކޮށް، މި ދެންނެވި ޕްލޭންތައް ތައްޔާރުކޮށް އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުމުގެ ސުންގަޑިއަކީ، 2021 ނޮވެމްބަރ 30 ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން މަޝްވަރާކުރުމަށްފަހު ވަނީ ކަނޑައަޅުއްވާފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން (2022- 2026) އެކުލަވާލައި ހއ. ކައުންސިލަށް ހުށަހަޅުއްވާފައިވާ ރަށު ކައުންސިލްތަކަކީ:

  • ތުރާކުނު ކައުންސިލްގެ އިދާރާ
  • އުލިގަމު ކައުންސިލްގެ އިދާރާ
  • މޮޅަދޫ ކައުންސިލްގެ އިދާރާ
  • ހޯރަފުށީ ކައުންސިލްގެ އިދާރާ
  • އިހަވަންދޫ ކައުންސިލްގެ އިދާރާ
  • ކެލާ ކައުންސިލްގެ އިދާރާ
  • ދިއްދޫ ކައުންސިލްގެ އިދާރާ
  • މާރަންދޫ ކައުންސިލްގެ އިދާރާ
  • ތަކަންދޫ ކައުންސިލްގެ އިދާރާ
  • އުތީމު ކައުންސިލްގެ އިދާރާ
  • މުރައިދޫ ކައުންސިލްގެ އިދާރާ
  • ބާރަށު ކައުންސިލްގެ އިދާރާ
  • ފިއްލަދޫ ކައުންސިލްގެ އިދާރާ

ހއ. އަތޮޅުން ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ހުށަހެޅި ކައުންސިލްތަކުގެ ލިސްޓްގައި ހިމެނިފައި ނުވަނީ، ވަށަފަރު ކައުންސިލްގެ އިދާރާއެވެ.

ހއ. އަތޮޅު ކައުންސިލުން ވަނީ ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން (2026- 2022) ތައްޔާރުކޮށް ތާރީޚަށް ފޮނުއްވާފައިވާ ކައުންސިލްތަކުން، ޤާނޫނީ ޒިންމާ އަދާކުރައްވާފައިވާތީ އެކަން ފާހަގަކުރަށްވައި، އެކަމަށް ޝުކުރު އަދާކުރަށްވާފައެވެ.

2019 ވަނަ އަހަރު ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 8 ވަނަ އިސްލާހުގެ ދަށުން އަލަށް އެކުލަވާލެވޭ ކައުންސިލްތަކުގެ އިންތިޚާބަށްފަހު، އިންތިޚާބުކުރެވޭ މެންބަރުން މަޤާމާ ޙަވާލުވުމަށްފަހު 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ ކައުންސިލަކުންވެސް އެސިޓީ/އަތޮޅު/ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލަންޖެހެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި