ރިސޯޓުތަކުގެ މިސްކިތްތަކަށް ޚަޠީބުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމް 109 ފަރާތަކުން ފުރިހަމަކޮށްފި

Islamic Ministry-resort thakuge khatheebun thamreenukurun

ރާއްޖޭގެ ރިސޯޓުތަކުގެ މިސްކިތްތަކަށް ޚަޠީބުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމް 109 ފަރާތަކުން ފުރިހަމަކޮށްފިއެވެ.

މި ޕްރޮފްރާމް ނިންމުމުގެ ރަސްމިއްޔާތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހޯލުގައި މިއަދު ބާއްވަފައިވާއިރު، މި ޕްރޮގްރާމްއިން ފާސްވި 87 ފަރާތަކަށް ވަނީ ސަނަދު ޙަވާލުކޮށްފައެވެ. މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ޖުމްލަ 207 ބައިވެރިންނެވެ. މީގެ ތެރެއިން ޕްރޮގްރާމް ފުރިހަމަކުރެއްވީ 109 ބައިވެރިންނެވެ.

ރިސޯޓުތަކުގެ މިސްކިތްތަކަށް ޚަތީބުން ތަމްރީނު ކުރުމަށް ހިންގި މި ތަމްރީން ޕްރޮގްރާމަކީ، މިނިސްޓްރީ އޮފް ޓޫރިޒަމާއި މިނިސްޓރީ އޮފް އިސްލާމިކު އެފެއާޒުން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

01 ޑިސެމްބަރ 2020 އިން 2021 ނޮވެންބަރ 10 ހިންގި މި ޕްރޮގްރާމަކީ 09 ބެޗަކަށް ބަހާލައިގެން ހިންގި ޕްރޮގްރާމެކެވެ. ކޮންމެ ބެޗަކަށްވެސް ކިޔަވައިދެއްވީ 01 މަސް ދުވަހަށެވެ.

މި ޕްރޮގްރާމުން ސަނަދު ޙާސިލްނުވި ދަރިވަރުންނަށް 2022 ވަނަ އަހަރުގެ ޖަނަވަރީމަހުގައި އިތުރު ބެޗެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިގޮތުގައި، ޢިލްމުވެރިންގެ ބުރަ މަސައްކަތުން މި ޕްރޮގްރާމްގައި އުނގަންނަވައިދެއްވި ޢިލްމާއި، ދެއްވި ތަމްރީނުތަކުގެ ފުރިހަމައަށް ބޭނުން ހިފުމަކީ ހަޤީޤީ ކާމިޔާބެވެ. ހަމައެހެންމެ މިފަދަ އިތުރު ޕްރޮގްރާމްތައް މިނިސްޓްރީ އޮފް ޓޫރިޒަމް އިން އެދިލައްްވައިފިނަމަ ކުރިޔަށް ގެންދިއުމަށް ތައްޔާރުވެެގެން ހުންނެވިކަމަށްވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިމަށް ޑރ. ޢަބްދުﷲ މައުސޫމު ދެއްކެވި ވާހަކަފުޅުގައި، މި ޕްރޮގްރާމްގެ ސަނަދު ޙާސިލްކުރެއްވި ބައިވެރިންނަށް ވަނީ ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ކައިރި ރަށްރަށުން އިމާމުންނާއި ޚަތީބުން ރިސޯޓުތަކަށް ގެނައުމުގައި ދިމާވާ ދަތިތަށް ޙައްލުކޮށް ރިސޯޓުތަކުގައި އިމާމުންނާއި ޚަތީބުން ތަމްރީނުކުރުން މައިގަނޑު މަޤްޞަދެއްކަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޚުޠުބާ ކިޔާނެ ގޮތާއި، ތިލާވާ، ނަމާދުގެ ފިޤުޙު އަދި ބަންގި ގޮވާނެ ގޮތުގެ ތަމްރީނުތައް ވަނީ ދީފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި