ހއ. އިހަވަންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ކުރި ޢިއުލާނެއްގައި ވިދާޅުވީ، އިހަވަންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
މިގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިހާރު ވަނީ ފުރުޞަޠު ހުޅުވާލާފައެވެ.
އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، (ވެލާނާގެ 3 ވަނަ ފަންގިފިލާ)އަށް، މިފެށޭ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުގެ 12:00 އަށެވެ.
އިހަވަންދޫގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ތަރައްގީ ކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ވަނީ 2 ލައްކަ ރުފިޔާ ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!