ކުޅުދުއްފުށީ ގަރާޖެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް

ފޮޓޯ: އެމްއެންޑީއެފް
ފޮޓޯ: އެމްއެންޑީއެފް

ކުޅުދުއްފުށީ ސިޓީގެ ގަރާޖެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، ރޯވީ ކުޅުދުއްފުށީ ސިޓީގައި ހުންނަ "މެސްކޮޓް ގަރާޖް" ގައެވެ.

އެ ގަރާޖުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މިހާރު ވަނީ ނިއްވާލާފައެވެ.

މެސްކޮޓް ގަރާޖްގައި ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންއަށް ލިބިފައި ވަނީ ރޭ މެންދަމުން އަނބުރާ 02:48 ހާއިރުކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުންވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން ފަޔަރަފައިޓަރުން އެސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައި ވަނީ ރޭ 03:45 ހާއިރު އެވެ.

އެ ގަރާޖުގައި ރޯވި އަލިފާން ނިއްވާލާފައި ވީނަމަވެސ،ް އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ދުން އަރާތީ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ މިއަދު ހެނދުނު 06:30 ހާއިރު އެ ސަރަހައްދަށް ގޮސް އެތަނަށް ފެން ޖަހާ ދުންގަނޑު ކޮންޓްރޯލް ކޮށްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އަލިފާން ރޯވި ގަރާޖަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައިކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދެއްވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި