މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,449 Stories
2,754 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ފެނަކައިގެ ސީއެސްއާރުގެ ދަށުން ކޮމަންޑޫގެ މިސްކިތްތަކައް އޭސީ ހަދިޔާކޮށްފި
Thiladhunmathi News

ފެނަކައިގެ ސީއެސްއާރުގެ ދަށުން ކޮމަންޑޫގެ މިސްކިތްތަކައް އޭސީ ހަދިޔާކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން ށ. ކޮމަންޑޫ މިސްކިތްތަކަށް އޭސީ ހަދިޔާއެއްކޮށްފިއެވެ. ކޮމަންޑޫ ކައުންސިލުން ވިދާޅުވީ، ފެނަކަ ސީއެސްއާރު ގެ ދަށުން އެރަށު މިސްކިތްތަކައް ބޭނުންވާ 6 އޭސީ އެ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ. މިއީ 24000 ބީޓީޔޫގެ އޭސީތަކެކެވެ. ފެނަކަ ސީއެސްއާރުގެ ދަށުން މީގެ ކުރިން ވެސް ވަނީ އެރަށަށް އެހީތެރިކަން ދީފައެވެ. މިގޮތުން މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ވަނީ އެރަށު ސިއްޚީ މަރުކަޒަށް 4 އޭސީއާއި ޓީވީއެއް ހަދިޔާއެއްކޮށްފައެވެ. އެއީ […]

ދިއްދޫގައި ކުރިއަށް ގެންދިޔަ ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ނިންމާލައިފި
Thiladhunmathi News

ދިއްދޫގައި ކުރިއަށް ގެންދިޔަ ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ނިންމާލައިފި

ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފިއެވެ. އެ ރަށުގެ އަންހެން ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދި މި ޕްރޮގްރާމްގައި ފަނުން ތަކެތި ވިޔަން ދަސްކޮށް ދިނީ އެރަށު އަލިވާގެ އަބްދުލް ހަކީމެވެ. މިމަހުގެ 14 އިން 17 އަށް ކުރިއަށް މި ޕްރޮގްރާމްގައި ނިންމުމުގެ ރަސްމިއްޔާތު އޮތީ ރޭގައެވެ. މި ރަސްމިއްޔާތުގައި މި ޕްރޮގްރާމްގެ ބައިވެރިންނަށް ވަނީ ހަނދާނީ […]

ނައިފަރު ވެގެން ދާނީ ހައިސްޕީޑް ފެރީގެ ނިޒާމުގެ ރީޖަނަލް ހަބަކަށް: ރައީސް
Raajje

ނައިފަރު ވެގެން ދާނީ ހައިސްޕީޑް ފެރީގެ ނިޒާމުގެ ރީޖަނަލް ހަބަކަށް: ރައީސް

ހައިސްޕީޑް ފެރީގެ ނިޒާމު ފުޅާވެގެން ދާއިރު ޅ. ނައިފަރު ވެގެން ދާނީ އެ ނިޒާމުގެ ތެރޭގައި ހިމެނޭ ރީޖަނަލް ހަބަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ ޅ. ނައިފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްސްގެ މަސައްކަތް ނިންމާ ނައިފަރު ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަ ފުޅުގައި ވަނީ ނައިފަރު ރައްޔިތުންގެ އެކި ކަންބޮޑުވުންތަކާއި، އެރަށަށް ބޭނުންވެފައިވާ...

ހިންނަވަރުގައި ބޭންކުގެ ބްރާންޗެއް ޤާއިމުކޮށްދިނުމަށް އެދި ރައީސަށް ދަންނަވައިފި
Raajje

ހިންނަވަރުގައި ބޭންކުގެ ބްރާންޗެއް ޤާއިމުކޮށްދިނުމަށް އެދި ރައީސަށް ދަންނަވައިފި

ޅ. ހިންނަވަރުގައި ބޭންކުގެ ބްރާންޗެއް ޤާއިމުކޮށްދިނުމަށް އެދި އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވައިފިއެވެ. ރައީސް ޞާލިޙް މިހާރު ޅ. އަތޮޅުގެ ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ހިންނަވަރަށް ކުރެއްވި ޒިޔާރަތުގައި ރޭ ވަނީ ހިންނަވަރު ކައުންސިލާ ބައްދަލު ކުރަށްވާފައެވެ. ހިންނަވަރު ޒުވާނުންގެ މަރުކަޒުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ހިންނަވަރު ކައުންސިލަރުން ވަނީ ރަށުގައި ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ކުރިޔަށްގެންދަވާކ...

ސިނަމާލެ ބްރިޖު މަތިން ތެޔޮ ބައުޒަރެއްގައި އަލިފާނުގެ ހާދިސާއެއް
Raajje

ސިނަމާލެ ބްރިޖު މަތިން ތެޔޮ ބައުޒަރެއްގައި އަލިފާނުގެ ހާދިސާއެއް

މާލެ ހުޅުމާލެ ބްރިޖް މަތިން ދުއްވާފައި ދިޔަ ތެޔޮ ބައުޒަރެއްގައި ރޯވެއްޖެ އެވެ. ސިނަމާލެ ބްރިޖްމަތިން ދުއްވަމުންދިޔަ ފިއުލް ބައުޒަރެއްގައި އަލިފާން ރޯވީ މިއަދު ހެނދުނުއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ސިނަމާލެ ބްރިޖްމަތިން ދުއްވަމުންދިޔަ ފިއުލް ބައުޒަރެއްގައި އަލިފާން ރޯވެގެން އެ ހާދިސާގެ ރިޕޯޓް މިއަދު ހެނދު 9:49 ހާއިރު ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓާއެކު ސިފައިންގެ ފަޔާ ޓީމް ވަނީ އެ ތަނަށް ގޮސްފައެވެ. ނަމަވެސް ސިފައިން ދިޔައިރު ތެޔޮ ބައުޒަރެއްގައި ރޯވި އަލިފާން ވަނީ ނިއްވާލާފައެވެ. އެ […]

ތިނަދޫގައި މާރާމާރީއެއް ހިނގައި މީހަކަށް އަނިޔާވެއްޖެ
Raajje

ތިނަދޫގައި މާރާމާރީއެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

ގދ. ތިނަދޫގައި މާރާމާރީއެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގދ. ތިނަދޫގައި މާރާމާރީއެއް ހިނގިކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. ފުލުހުންނަށް އެކަން ރިޕޯޓް ކޮށްފައި ވަނީ މިރޭ 21:25 ހާއިރެވެ. މި މާރާމާރީގައި އަނިޔާ ލިބިފައި ވަނީ ދިވެހި ފިރިހެނަކަށެވެ. އެމީހާއަށް ދަނީ ތިނަދޫ ގައި ހުންނަ ޑރ. އަބުދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް އަދި މީހެއް ހައްޔަރެއް ނުކުރެއެވެ. ފުލުހުން ގެންދަވަނީ މި […]

ސައިކަލު ރޯކޮށްލި މައްސަލައިގައި ތުހުމަތުވާ ބަޔަކު ހައްޔަރުކޮށްފި
Raajje

ސައިކަލު ރޯކޮށްލި މައްސަލައިގައި ތުހުމަތުވާ ބަޔަކު ހައްޔަރުކޮށްފި

ނ. މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލާގައި ތުހުމަތުވާ ބަޔަކު ހައްޔަރު ކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމައްސަލާގެ ތުހުމަތުގައި ހައްޔަރު ކުރީ ތިން ދިވެހި ފިރިހެނުން ކަމަށެވެ. އެ މީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެއީ 22 އަހަރުގެ މީހަކާއި، 27 އަދި 31 އަހަރުގެ މީހެކެވެ. ފުލުސް މީހާގެ ސައިކަލުގައިއަލިފާން ރޯކޮށްލާފައި ވަނީ ރޭގައެވެ. އެ ހާދިސާ ހިނގާފައި ވަނީ މިލަދޫގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހެއް ހުއްޓުވުމުން، […]

ހުޅުމާލޭ ފޭސް 2 ގައި ބިދޭސީން ތަކެއްގެ މެދުގައި މަރާމާރީއެއް ހިނގައިފި
Raajje

ހުޅުމާލޭ ފޭސް 2 ގައި ބިދޭސީން ތަކެއްގެ މެދުގައި މަރާމާރީއެއް ހިނގައިފި

ހުޅުމާލޭ ފޭސް 2 ގައި ބިދޭސީން ތަކެއްގެ މެދުގައި މަރާމާރީއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ދެންމެ ވިދާޅުވީ، ހުޅުމާލޭ ފޭސް 2 ގައި ބިދޭސީން ތަކެއްގެ މެދުގައި މަރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ފުލުހުން ވިދާޅުވީ، މި މާރާމާރީގައި ތިން ބިދޭސީ ފިރިހެނަކަށް އަނިޔާވެގެން މިހާރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. “މާރީމާރީ ހިނގާފައި ވަނީ ވައްކަމުގެ މައްސަލައަކ...

ރައީސް ޞާލިޙް، މަޑިވަރު އެއާޕޯޓު ހުޅުއްވައިދެއްވައިފި
Raajje

ރައީސް ޞާލިޙް، މަޑިވަރު އެއާޕޯޓު ހުޅުއްވައިދެއްވައިފި

ޅ. މަޑިވަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. ރައީސް ޞާލިޙް މިއަދު ވަނީ ޅ. އަތޮޅަށް ކުރަށްވާ ދަތުރެއް ފައްޓަވާފައެވެ. މިދަތުރުފުޅުގެ ތެރެއިން މިއަދު އެމަނިކުފާނު މަޑިވަޑިވަރު އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ވަނީ މިއަދަކީ ޅ. އަތޮޅުގެ ރައްޔިތުން ދިގު އިންތިޒާރެއްގެ ނިމުން އައި ދުވަހެއްކަން ފާހަގަ ކުރަށްވާފައެވެ. އަދި އެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށް ވިދާޅު...

ރައީސް ޞާލިޙް، ޅ އަތޮޅަށް ކުރަށްވާ ދަތުރުފުޅު ފައްޓަވައިފި
Raajje

ރައީސް ޞާލިޙް، ޅ އަތޮޅަށް ކުރަށްވާ ދަތުރުފުޅު ފައްޓަވައިފި

ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙް ޅ. އަތޮޅުގެ ހަ ރަށަކަށް ކުރައްވާ ދަތުރުފުޅު މިއަދު ފައްޓަވައިފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު އެ އަތޮޅުގެ މީހުން އުޅޭ ހަތަރު ރަށަށް ވެސް ވަޑައިގަންނަވާނެއެވެ. އެއީ ހިންނަވަރު، ނައިފަރު، އޮޅުވެލިފުށި އަދި ކުރެންދޫ އެވެ. މީގެއިތުރަށް ވަޑައިގަންނަވާނީ ސިނާއީ ރަށް ފެލިވަރަށާއި، މަޑިވަރަށެވެ. ހިންނަވަރު، ނައިފަރު، އޮޅުވެލިފުށި އަދި ކުރެންދޫއަށް ކުރައްވާ ޒިޔާރަތުގައި ރައީސް، ވަކި ވަކި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަ...

މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި
Raajje

މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

ނ. މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިލަދޫގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހެއް ހުއްޓުވުމުން، އެމީހާ ހުއްޓުވި ފުލުސް އޮފިސަރަށް އިންޒާރުދީފައިވާ ކަމަށެވެ. އަދި ފުލުސް މީހާގެ ސައިކަލުގައި ރޭ ވަނީ އަލިފާން ރޯކޮށްލާފައި ކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.  

ކޯބިން، ރައީސް ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފި
Raajje

ކޯބިން، ރައީސް ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފި

ރާއްޖެ އަށް ޓޫރިޒަމް ތައާރަފުކުރެއްވި އެއް ބާނީ، ފަތުރުވެރިކަމުގެ ދާއިރާގެ ކޮންސަލްޓަންޓް ޖޯޖް ކޯބިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފިއެވެ. އިޓަލީވިލާތުގެ ޑައިވިންގް ޓުއަރ އޮޕަރޭޓަރެއްގެ ގޮތުން ރާއްޖެއަށް ތަޢާރަފްވި ކޯބިން އަކީ ދިވެހިރާއްޖޭގައި ފަތުރުވެރިކަން ފަށައިގަތުމަށް މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މިއަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހ...

ޓްރަޔަލްއެއްގެ ގޮތުގައި ބޭނުންކުރަން ކަރެކްޝަނަށް ބޮޑީ ވޯން ކެމެރާ ހޯދަން ސޮއިކޮށްފި
Raajje

ޓްރަޔަލްއެއްގެ ގޮތުގައި ބޭނުންކުރަން ކަރެކްޝަނަށް ބޮޑީ ވޯން ކެމެރާ ހޯދަން ސޮއިކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ޕްރިޒަން އޮފިސަރުން ތެރެއިން ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ޓްރަޔަލްއެއްގެ ގޮތުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމަށް، އެ ތަކެތި ރާއްޖެ އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ ޒެޓާ ޓެކްނޮލަޖީސްއާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ. ބޮޑީ ވޯން ކެމެރާ ދިވެހިރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ ޒެޓާ ޓެކްނޮލަޖީސްއާއެކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއ...

ރާއްޖޭގައި އިނގިރޭސި ހައިކޮމިޝަންގެ އޮފީހެއް ހުޅުވައިފި
Raajje

ރާއްޖޭގައި އިނގިރޭސި ހައިކޮމިޝަންގެ އޮފީހެއް ހުޅުވައިފި

ދިވެހި ރާއްޖޭގައި އިނގިރޭސި ވިލާތުގެ ހައިކޮމިޝަންގެ އޮފީހެއް ހުޅުވައިފިއެވެ. ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވިދާޅުވި ގޮތުގައި ސްޓޭޓް މިނިސްޓަރު އަޙުމަދު ޚަލީލް ވަނީ އެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. ރާއްޖޭގައި އިނގިރޭސި ހައިކޮމިޝަންގެ އޮފީހެއް ހުޅުވިގެން ދިޔުން ފާހަގަކުރައްވައި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ހާއްސަ ވީޑިއޯ މެސެޖެއް ފޮނުއްވާފައެވެ. އެ މެސެޖުގައި ޝާހިދު ވަނީ މި އޮފީސް ހުޅުވިގެން ދިޔުމަކީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކު...

ސީޝެލްސްގެ މައްޗަށް ރާއްޖެއިން ކުރިހޯދައިފި
Sports

ސީޝެލްސްގެ މައްޗަށް ރާއްޖެއިން ކުރިހޯދައިފި

ރާއްޖެއާއި ސީޝެލްސްއާ ދެމެދު ކުޅެވޭ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗު ރާއްޖެއިން ކުރި ހޯދައިފި އެވެ. މިދިޔަ ނުވަ އަހަރުގެ ތެރޭ ގައުމީ އަންހެން ފުޓުބޯޅަ ޓީމުން ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ ފުރަތަމަ މެޗަށް ވާއިރު، މިމެޗް ރާއްޖެއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ރާއްޖެއިން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 10 ވަނަ މިނެޓްގައި ސީޝެލްސްގެ ގޯލު އޭރިޔާ ތެރެއިން އެ ޓީމުގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ […]