ހުޅުމާލޭ ފޭސް 2 ގައި ބިދޭސީން ތަކެއްގެ މެދުގައި މަރާމާރީއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ދެންމެ ވިދާޅުވީ، ހުޅުމާލޭ ފޭސް 2 ގައި ބިދޭސީން ތަކެއްގެ މެދުގައި މަރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ފުލުހުން ވިދާޅުވީ، މި މާރާމާރީގައި ތިން ބިދޭސީ ފިރިހެނަކަށް އަނިޔާވެގެން މިހާރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
"މާރީމާރީ ހިނގާފައި ވަނީ ވައްކަމުގެ މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން މިހާތަނަށް ބެލި ބެލުމުން އެނގިފައިވޭ" ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަވަނީ ތަހުގީގު ކުރަށްވަމުންނެވެ.
އެ ހާދިސާއާއި ގުޅޭކަމަށް ބުނާ ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް ބިދޭސީން ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!