މާލެ ހުޅުމާލެ ބްރިޖް މަތިން ދުއްވާފައި ދިޔަ ތެޔޮ ބައުޒަރެއްގައި ރޯވެއްޖެ އެވެ.
ސިނަމާލެ ބްރިޖްމަތިން ދުއްވަމުންދިޔަ ފިއުލް ބައުޒަރެއްގައި އަލިފާން ރޯވީ މިއަދު ހެނދުނުއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ސިނަމާލެ ބްރިޖްމަތިން ދުއްވަމުންދިޔަ ފިއުލް ބައުޒަރެއްގައި އަލިފާން ރޯވެގެން އެ ހާދިސާގެ ރިޕޯޓް މިއަދު ހެނދު 9:49 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ ރިޕޯޓާއެކު ސިފައިންގެ ފަޔާ ޓީމް ވަނީ އެ ތަނަށް ގޮސްފައެވެ. ނަމަވެސް ސިފައިން ދިޔައިރު ތެޔޮ ބައުޒަރެއްގައި ރޯވި އަލިފާން ވަނީ ނިއްވާލާފައެވެ.
އެ އަލިފާން ނިއްވާލީ ތެޔޮ ބައުޒަރުގެ ޑްރައިވަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!