މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,449 Stories
2,767 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ހޯމް މިނިސްޓްރީއަށް އިތުރު ނައިބެއް
Raajje

ހޯމް މިނިސްޓްރީއަށް އިތުރު ނައިބެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބުގެ މަޤާމަށް ލުއައްޔު ސަޢީދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. ގދ. ވާދޫ އަށް ނިސްބަތްވެވަޑައިގަންނަވާ ލުއައްޔު ސަޢީދު ވަނީ އޮސްކްފޮޑް ބްރޫކްސް ޔުނިވަރސިޓީން 2013 ވަނަ އަހަރު ބެޗެލަރ އޮފް ސައިންސް އޮނަރސް އިން އެޕްލައިޑް އެކައުންޓިންގ ހާޞިލްކުރައްވާފައެވެ. މި މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން ލުއައްޔު ސަޢީދު ވަނީ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަންގެ ޖެނެރަލް މެނޭޖަރުކަމާއި މޯލްޑިވްސް ޓްރ...

މުޅި ރާއްޖެއިން އެންމެ ރަނގަޅު 5 ކައުންސިލް ތެރޭ ހިމެނުނު ތުރާކުނު އަދި އުތީމު ކައުންސިލަށް މަރުހަބާ ކިޔައިފި
Thiladhunmathi News

މުޅި ރާއްޖެއިން އެންމެ ރަނގަޅު 5 ކައުންސިލް ތެރޭ ހިމެނުނު ތުރާކުނު އަދި އުތީމު ކައުންސިލަށް މަރުހަބާ ކިޔައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރި “ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް ނަތީޖާ 2020” ގެ ލޯކަލް ކައުންސިލްތަކުގެ ރޭންކިން މުޅި ރާއްޖެއިން އެންމެ ރަނގަޅު 5 ކައުންސިލްގެ ތެރޭގައި ހިމެނުނު ހއ. ތުރާކުނު އަދި އުތީމު ކައުންސިލަށް ހއ. އަތޮޅު ކައުންސިލުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އެ ރޭންކިންގައި ތުރާކުނު ހިމެނުނީ މުޅި ރާއްޖެއިން 3 ވަނައިގައެވެ. އެއާއެކު ތުރާކުނު ކައުންސިލަށް ވަނީ ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް އިން ވަނަތައް ހާސިލްކޮށްފައިވާ ރަށު […]

މަކުނުދޫއިން ކޯވިޑް ބަލީގައި މީހަކު ނިޔާވެއްޖެ
Thiladhunmathi News

މަކުނުދޫއިން ކޯވިޑް ބަލީގައި މީހަކު ނިޔާވެއްޖެ

ހދ. މަކުނުދޫއިން ކޯވިޑް-19 ބަލީގައި މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި ކޯވިޑް ބަލީގެ މީހެއް މަކުނުދޫގައި މިއަދު ވަނީ ނިޔާވެފައެވެ. އެރަށުން ނިޔާވެފައި ވަނީ އުމުރުން 87 އަހަރުގެ މީހެކެވެ. އެމީހާ ނިޔާވީ ހަވީރު 5:40 ގައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހެއް ނިޔާވުމުން މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 297 ވަނަ މީހާއެވެ. ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް […]

ކެލާ، ގޮނޑުދޮށާއި ހޭޅިފަށް ސާފުކޮށްފި
News

ކެލާ، ގޮނޑުދޮށާއި ހޭޅިފަށް ސާފުކޮށްފި

ހއ. ކެލާގެ ގޮނޑުދޮށާއި ހޭޅިފަށް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ވަރަށް ފޯރިއާއިއެކު ކުރިއަށް ދިޔަ މި ހަރާތް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ކެލާ ކައުންސިލުން ވިދާޅުވީ، އެރަށުގެ ގޮނޑުދޮށާއި ހޭޅިފަށް ސާފުކުރުމުގެ މި ހަރަކާތުގެ ތެރެއިން ރަށުގެ ހުޅަނގު ފަރާތު( މަތިފަރާތް)ގެ 0.8 ކިލޯ މީޓަރު ސަރަހައްދެއް ސާފުކޮށްފައިވާ ކަމަށެވެ. އެ ސަރައްދުން 1.5 ޖަމްބޯ ބޭގްގެ ކުނި ނަގާފައިވާކަމަށް ވެސް ކައުންސިލުން ވިދާޅުވިއެވެ. މީގެ އިތުރުން އެރަށުގެ ފުއްޓަރު ފަރާތުގެ […]

ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 2 މީހަކު ނިޔާވެއްޖެ
Thiladhunmathi News

ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 2 މީހަކު ނިޔާވެއްޖެ

ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފަރުވާ ދެމުންދިޔަ ކޯވިޑް ބަލީގެ 2 މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި ނިޔާވެފައި ވަނީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކާއި، 78 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަންހެން މީހާ ނިޔާވީ މިދިޔަ އަންގާރަ ދުވަހުގެ މެންދުރުފަހު 3:22 ގައެވެ. ފިރިހެން މީހާ ނިޔާވީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު 4:55 ގައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު […]

"ތަރައްޤީ ހޯދޭނީ ގުޅިގެން ކުރެވޭ މަސައްކަތުންކަން"
Raajje

"ތަރައްޤީ ހޯދޭނީ ގުޅިގެން ކުރެވޭ މަސައްކަތުންކަން"

އަތޮޅަކަށް ވިޔަސް ނުވަތަ ރަށަކަށް ވިޔަސް ތަރައްޤީ ހޯދޭނީ ގުޅިގެން އެކީގައި ކުރެވޭ މަސައްކަތުންކަންކަމަށާއި، ސަރުކާރުން އެންމެ އިސްކަންދޭ އެންމެ މުހިންމު އެއް ސިޔާސަތަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ ލޯކަލްގަވަރމަންޓް އޮތޯރިޓީން(އެލްޖީއޭ) އިންތިޒާމުކޮށް ބޭއްވި ކަންކަތި އެވޯޑް 2022 ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ ރަ...

އެމްއެންޕީގެ އެތެރޭގެ އިންތިޚާބާއި ކޮންގްރެސް ބާއްވާނެ ތާރީޚް ޢިއުލާންކޮށްފި
Raajje

އެމްއެންޕީގެ އެތެރޭގެ އިންތިޚާބާއި ކޮންގްރެސް ބާއްވާނެ ތާރީޚް ޢިއުލާންކޮށްފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެތެރޭގެ އިންތިޚާބާއި ކޮންގްރެސް ބާއްވާނެ ތާރީޚް މިއަދު ޢިއުލާންކޮށްފިއެވެ. އެ ޕާޓީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖަމާނު އަޝްރާ އަޙްމަދު ވިދާޅުވީ، 8 އޮކްޓޯބަރު 2020 ގައި އެމްއެންޕީ އުފައްދާ ޖަލްސާ ބާއްވުމަށްފަހު، އެ ޖަލްސާއިން ވަގުތީ އުފައްދާ ޖަލްސާ ބާއްވައި، ވަގުތީ އިންޓީރިއަމް ކައުންސިލްއެއް އުފައްދައި، ގިނަ ލަނޑުދަނޑިތަކެއް ހާއްސަކޮށްއެއް އުފައްދައި މިހާތަނަށް އެ ޕާޓީން ގިނަ ލަނޑުދަނޑިތަކެއް ހާއްސަކޮށްފައިވާ ކަ...

ހޯރަފުށީ ފަޅުތެރެއިން ހާހެއްހާ ރާގޮނޑި ހިފައިފި
Thiladhunmathi News

ހޯރަފުށީ ފަޅުތެރެއިން ހާހެއްހާ ރާގޮނޑި ހިފައިފި

ހއ. ހޯރަފުށީ ފަޅުތެރެއިން ހާހެއްހާ ރާގޮނޑި ހިފައިފިއެވެ. ރާގޮނޑި އައިން ވަދެފައި ވަނީ އެރަށު އެއާޕޯޓު ހުޅަނގު ފަޅުތެރެއަށެވެ. އެ ސަރަހައްދުގައި ހުރި މީހަކު “ތިލަދުން” އަށް ބުނީ މިވަގުތު ވެސް ރާގޮނޑި ހިފުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. “ހާހެއްހާ ރާގޮނޑި އެއްގަމަށް ލެވިއްޖެ، މިހާރު ވެސް ރާގޮނޑި އައިން ބައްދާލައިގެން އުޅެނީ” އޭނާ ބުންޏެވެ. އޭނާ ބުނީ އެ ރާގޮނޑި ހިފުމުގައި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ފޯރިއާއިއެކު ބައިވެރިވަމުން ކަމަށެވެ.

ސީގަލް ކެފޭ ކައިރީ ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
Raajje

ސީގަލް ކެފޭ ކައިރީ ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭ ސިޓީގެ، ސީގަލް ކެފޭ ކައިރީ ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މ. ބިޖިލީ ކާސަލް ކިޔާ ގެއެއްގައި ކަމަށެވެ. ސިފައިންގެ މަސައްކަތުން ގޭގައި ރޯވި އަލިފާން ނިއްވާލާފައި ވަނީ، 8:48 ގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވިއެވެ.

ކޮމަންޑޫ މިސްކިތްތަކަށް އަނެއްކާ ވެސް ފެނަކައިގެ އެހީއެއް
Thiladhunmathi News

ކޮމަންޑޫ މިސްކިތްތަކަށް އަނެއްކާ ވެސް ފެނަކައިގެ އެހީއެއް

ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން އަނެއްކާ ވެސް ށ. ކޮމަންޑޫ މިސްކިތްތަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. ފެނަކައިން މިފަހަރު ކޮމަންޑޫ މިސްކިތްތަކަށް ހަދިޔާ ކުރި 8 ލައުޑް ސުޕީކަރެވެ. ކޮމަންޑޫ ކައުންސިލުން ވިދާޅުވި ގޮތުގައި، ފެނަކަ ސީއެސްއާރު ގެ ދަށުން، އެރަށު މިސްކިތްތަކައް ބޭނުންވާ 8 ލައުޑް ސުޕީކާ ވަނީ އެ ކައުންސިލާ ހަވާލުކޮށްފައެވެ. މި މަހުގެ 20 ވަނަ ދުވަހު ވެސް ފެނަކައިން ވަނީ ކޮމަންޑޫ މިސްކިތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ފަހަރު ހަދިޔާ ކޮށްފައި ވަނީ […]

"ގެވެށި ގުޅުން" ކެންޕޭންގެ މަޖައްލާ "ސާސްތުރަ" ނެރެފި
Raajje

"ގެވެށި ގުޅުން" ކެންޕޭންގެ މަޖައްލާ "ސާސްތުރަ" ނެރެފި

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ފަރާތުން ކުރިއަށް ގެންދާ “ގެވެށި ގުޅުން” ކެންޕޭންގެ ދަށުން މަޖައްލާއެއް ނެރެފިއެވެ. “ސާސްތުރަ” ނަމުގައި ނެރުނު މި މަޖައްލާ ނެރެދެއްވީ، އިއްޔެ ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. ޖެންޑާ މިނިސްޓްރީއިން “ގެވެށި ގުޅުން” ކެމްޕެއިން ފަށާފައި ވަނީ 2020 ވަނަ އަހަރު އެވެ. މިއީ ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެގޮތުން އެ...

"ޤައުމީ ތަރިކަ ކޮމިޓީ" އުފައްދައި، މެމްބަރުން އައްޔަނުކޮށްފި
Raajje

"ޤައުމީ ތަރިކަ ކޮމިޓީ" އުފައްދައި، މެމްބަރުން އައްޔަނުކޮށްފި

ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު ދަށުން “ޤައުމީ ތަރިކަ ކޮމިޓީ” އުފައްދަވައި، އެ ކޮމެޓީއަށް މެންބަރުން އައްޔަނު ކުރަށްވައިފިއެވެ. ސަޤާފީ ތަރިކަ ރައްކާ ކުރާ ޤައުމީ މަރުކަޒުން މިއަދު އާންމު ކުރެއްވި ނޫސްބަޔާނެއްގައި ވަނީ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު ދަށުން “ޤައުމީ ތަރިކަ ކޮމިޓީ” އުފައްދަވައި، އެ ކޮމެޓީއަށް މެންބަރުން އައްޔަނު ކުރެއްވިކަން ހާމަ ކުރަށްވާފައެވެ. މިގޮތުން އެ ކޮމެޓީއަށް ވަނީ ތޭރަ ބޭފުޅަކު އައްޔަނު ކުރަށްވާފައެވެ. އެ ކޮމެޓީއަށް އައްޔަނު ކުރެއްވި ބޭފުޅުން: 1. […]

ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ޤާއިމުކުރަން ނިންމައިފި
Raajje

ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ޤާއިމުކުރަން ނިންމައިފި

ދިވެހިރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ވަނީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށް ގެންދަވާފައެވެ. ރައީސް ޞާލިޙް މި ނިންމެވުން މި ނިންމެވީ މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. ޑިޖި...

ނައިވާދޫ ސުކޫލް ހޯލު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި
Thiladhunmathi News

ނައިވާދޫ ސުކޫލް ހޯލު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ހދ. ނައިވާދޫ ސުކޫލް ހޯލު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ  ޕަވަރޭ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. އެޑިޔުކޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ އެވެ. އަދި ޕަވަރޭ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ތަސީން ޢަލީ އެވެ. މި ރަސްމިއްޔާތުގައި ހަނީމާދޫ ދާއިރާގެ މެންބަރު އަބުދުލް ޣަފޫރު މޫސާ ވެސް ބައިވެރިވެ […...

ޤިބްލަ ކުންފުނިން އަމިއްލަ އަށް ވިސާ ޖަހައިދިނުމުގެ ފުރުޞަތު ފަހިވުމުން، ގިނަ ޕެކޭޖްތަކެއް ތަޢާރަފުކޮށްފި
Business

ޤިބްލަ ކުންފުނިން އަމިއްލަ އަށް ވިސާ ޖަހައިދިނުމުގެ ފުރުޞަތު ފަހިވުމުން، ގިނަ ޕެކޭޖްތަކެއް ތަޢާރަފުކޮށްފި

ޤިބްލަ ޙައްޖު އެންޑް އުމްރާ ގުރޫޕުން އަމިއްލަ އަށް ވިސާ ޖަހައިދިނުމުގެ ފުރުޞަތު ފަހިވުމުން ގިނަ ޕެކޭޖްތަކެއް ތަޢާރަފުކޮށްފި އެވެ. މި ޕެކޭޖްތައް ތަޢާރަފްކޮށްފައިވަނީ ރޭ އެކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ރޭ އެކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެކުންފުނީގެ ޗެޔާމަން ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެކުންފުނިން ވިސާ ޖަހައި ދިނުމުގެ ޚިދުމަތް މިހާރު ފަހިވެފައިވާ ކަމަށެވެ. “މިހާރު ޤިބްލަ ކުންފުންޏަކީ އަމިއްލަ އަށް ވިސާ ޖަހައިދިނުމުގެ ފުރުޞަތު ފަހިވެފައިވާ، އަ...