ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން ށ. ކޮމަންޑޫ މިސްކިތްތަކަށް އޭސީ ހަދިޔާއެއްކޮށްފިއެވެ.

ކޮމަންޑޫ ކައުންސިލުން ވިދާޅުވީ، ފެނަކަ ސީއެސްއާރު ގެ ދަށުން އެރަށު މިސްކިތްތަކައް ބޭނުންވާ 6 އޭސީ އެ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ. މިއީ 24000 ބީޓީޔޫގެ އޭސީތަކެކެވެ.

Ad
rt

ފެނަކަ ސީއެސްއާރުގެ ދަށުން މީގެ ކުރިން ވެސް ވަނީ އެރަށަށް އެހީތެރިކަން ދީފައެވެ.

މިގޮތުން މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ވަނީ އެރަށު ސިއްޚީ މަރުކަޒަށް 4 އޭސީއާއި ޓީވީއެއް ހަދިޔާއެއްކޮށްފައެވެ. އެއީ އެ މަރުކަޒުގެ ވާޑް އަޕްގުރޭޑް ކުރުމަށް ބޭނުން އެހީތެރިކަމެކެވެ.

ފެނަކައިގެ ސީއެސްއާރުގެ ދަށުން މީގެކުރިން ށ. އަތޮޅުގެ ބައެއް ރަށްތަކަށް ފޯރުކޮށްދީފައިވާ އެހީތެރިކަމަށް ބަލާއިރު، ނަރުދޫ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުންގެ ހިޔާ ހެދުމަށް -/50000 (ފަންސާސް ހާސް ރުފިޔާ ) އަދި މާއުނުގޫދޫ ސިއްޚީ މަރުކަޒުގެ ވޯޑާއި އެރަށު ކައުންސިލުން ހިންގަމުންދާ ބޭބީ ނާސަރީ އަދި ނާސަރީ ކްލާސް ރޫމް އެސީ ކުރުމަށް ބޭނުންވާ އޭސީ ވެސް ހަދިޔާކޮށްފަވެއެވެ.

މީގެ އިތުރުން ފޯކައިދޫގައި ތަރައްޤީ ކުރާ ފުޓްސަލް ދަނޑުގެ ލައިޓް ޖެހުމަށް ބޭނުންވާ ބުޑު އެޅުމަށް ސިމެންތި، ހިލަ އަދި ހިލަވެލި ފެނަކައިގެ ފަރާތުން އެރަށު ކައުންސިލާއި ހަވާލުކޮށްފައި ވެއެވެ.

ފެނަކައިގެ ފަރާތުން އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެކުންފުނިން ޚިދުމަތްދޭ ރާއްޖޭގެ އެކި ރަށްރަށަށް މިފަދަ ގިނަ އެހީތަކެއް އަންނީ ފޯރުކޮށްދެމުންނެވެ.