ގދ. ތިނަދޫގައި މާރާމާރީއެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގދ. ތިނަދޫގައި މާރާމާރީއެއް ހިނގިކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
ފުލުހުންނަށް އެކަން ރިޕޯޓް ކޮށްފައި ވަނީ މިރޭ 21:25 ހާއިރެވެ.
މި މާރާމާރީގައި އަނިޔާ ލިބިފައި ވަނީ ދިވެހި ފިރިހެނަކަށެވެ.
އެމީހާއަށް ދަނީ ތިނަދޫ ގައި ހުންނަ ޑރ. އަބުދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް އަދި މީހެއް ހައްޔަރެއް ނުކުރެއެވެ.
ފުލުހުން ގެންދަވަނީ މި މައްސަލަ ތަހުގީގު ކުރަށްވަމުންނެވެ.
ހުޅުމާލޭ ފޭސް ދެއެއްގައި ވެސް މިރޭ މާރާމާރީއެއް ހިނގިއެވެ. ބިދޭސީން ތަކެއްގެ މެދުގައި ހިނގި މި މާރާމާރީގައި ތިން މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!