ކުޅުދުއްފުށީ ހުޅަނގު ބީޗްގައި ފިނިމައިޒާނެއް ތަރައްޤީކުރަން ހަވާލުކޮށްފި
ކުޅުދުއްފުށި ސިޓީގެ ހުޅަނގު ބީޗްގައި ފިނިމައިޒާނެއް ތަރައްޤީކުރަން ބަޔަކާއި ހަވާލުކޮށްފިއެވެ. ކުޅުދުއްފުށި ސިޓީގެ ހުޅަނގު ބީޗް ސަރަހައްދުގައި ފިނިމައިޒާނެއް ތަރައްޤީކުރަން ހަވާލުކުރީ ފާހާނާއާއި، ބީޗްހަޓް، ޝަވަރ، ބެންޗް އަދި އުނދޯލި ހިމެނޭގޮތަށެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ގިބްސް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑް އާ އެވެ. އިއްޔެ ހަވާލުކުރި މި މަސައްކަތުގެ އެއްބަސްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ކުޅުދުއްފުށީ ސިޓީގެ މޭޔަރ...