ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން މުބާރާތުގެ ދެވަނަ ބުރަށް ނަބީޙް ހޮވިއްޖެ
މި ހިނގާ ރަމަޟާންމަހުގެ 1 ން 14 އަށް ދުބާއީގައި ކުރިއަށްދާ ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގައި ދިވެހިރާއްޖެ ތަމްސީލުކުރަމުންދާ އަލްޙާފިޡް އަޙްމަދު ނަބީޙް މުބާރާތުގެ ފުރަތަމަ ބުރުގައި ވާދަކޮށް ދެވަނަ ބުރަށް ހޮވިއްޖެއެވެ. ނަބީޙްއަކީ ވަރަށް ލަސްލަހުން އުނދަގުލާއެކު މެނުވީ ވާހަކަ ނުދެއްކޭ، އަކުރުތައް ފާޅުކުރުމާއި އަޑު ނެރުމުގައިވެސް އުނދަގޫތައް ތަޙައްމަލްކުރާ އަދި ޚާއްޞައެހީއަށް ބޭނުންވާ ކުއްޖެކެވެ. ނަމަވެސް ޤުރުއާން ކިޔަވަން ބޭނުންވުމާއެކު ވަރަށް ފަސޭހަކަމާއެކު އަޑު ނެރެ، އަކ...