ކުޅުދުއްފުށީ ސިޓީގައި ފަތުރުވެރިކަމަށް ހުރި ފުރުސަތުތަކާއި އެކަމަށް ހާއްސަ ކުރެވިފައިވާ ބިންތަކުގެ މައުލޫމާތު އިންޑިޔާގެ މުމްބާއީގައި ކުރިއަށްދިޔަ "މޯލްޑިވްސް ޓޫރިޒަމް އިންވެސްޓްމަންޓް އެންޑް ކަނެކްޓިވިޓީ ފޯރަމް"ގައި ބައިވެރިވި އިންވެސްޓަރުންނަށް ފޯރުކޮށްދީފިއެވެ.

އެ ފޯރަމްގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން އެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޢަލީ އަޙްމަދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

Ad
rt

މި ފޯރަމުގައި ކުޅުދުއްފުށީ ސިޓީގައި ހުރި ފަތުރުވެރިކަމުގެ ފުރުޞަޠުތައް އިންވެސްޓަރުންނަށް އަންގައިދިނުމަށް ސިޓީ ކައުންސިލްގެ ފަރާތުން ޑެޕިއުޓީ މޭޔަރު ޢަލީ ވަނީ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، މި ފޯރަމް ގައި އެ ކައުންސިލްގެ ފަރާތުން ޑެޕިއުޓީ މޭޔަރ ބައިވެރިވެވަޑައިގެން، ކުޅުދުއްފުށީގައި ފަތުރުވެރިކަމަށް ހުރި ފުރުސަތުތަކާއި އެކަމަށް ހާއްސަ ކުރެވިފައިވާ ބިންތަކުގެ މައުލޫމާތު ހުށަހައިދެއްވާފައިވާ ކަމަށެވެ.

''މީގެ އިތުރުން މިއިވެންޓްގައި އިންވެސްޓަރުންނާއި ވަކި ވަކިން ބައްދަލު ކުރެވި ކުރިއަށް ދެވެން ހުރި ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު." ސިޓީ ކައުންސިލުން ވިދާޅުވެފަވެއެވެ.

އިންވެސްޓަރުންނާއެކު ނެޓްވާރކިން ޕްލެޓްފޯމެއް ޤާއިމުކުރެވިއްޖެ: ހދ. އަތޮޅު ކައުންސިލް

އިންވެސްޓަރުންނާއެކު ނެޓްވާރކިން ޕްލެޓްފޯމެއް ޤާއިމުކުރެވިއްޖެ: ހދ. އަތޮޅު ކައުންސިލް

މި ފޯރަމާއި ގުޅުވައިގެން އެ ސިޓީގެ މޭޔަރު މުޙައްމަދު އާޠިފް ވިދާޅުވީ، މިފަދަ ފޯރަމެއްގައި ކުޅުދުއްފުށި ސިޓީ ފުރަތަމަ ފަހަރަށް ބައިވެރިކޮށް، ފަތުރުވެރިކަމަށް ރަށުގައި ހުރި ފުރުސަތުތައް ބައިނަލްއަގްވާމީ ޕްލެޓްފޯމަކަށް ގެންދެވުނުކަމީ ލިބިލެއްވި ބޮޑު އުފަލެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިއަހަރު 50 އަހަރު ފުރޭއިރު މިސަރަހައްދުގެ ރައްޔިތުން މިވަނީ ވަރަށް ބޮޑަށް މި ސިނާއަތުގެ މަންފާއިން މަހުރޫމްވެފައި." އާތިފް ވިދާޅުވެފަވެއެވެ.

ސިޓީ ކައުންސިލްގެ ބާރުގެ ދަށުގައިހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އެކަން ބަދަލު ކުރުމުގެ މަސައްކަތް މިހާރުވެސް ފައްޓަވާފައިވާ ކަމަށް ވެސް އާތިފް ވަނީ ވިދާޅުވެފައެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި، އެމްއެމްޕީއާރުސީގެ ފަރާތުން ކުރިޔަށްގެންދިޔަ މިއިވެންޓްގައި އުތުރުގެ އަތޮޅު ތަކަށް އަދި ވަކިން ހާއްސަކޮށް ކުޅުދުއްފުށި ސިޓީއަށް ދެއްވި ފުރުސަތު ފާހާގާކުރަށްވާފައެވެ.